ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ރަސްމީ ބޭނުމަށް ގެއަކާއި އެޕާޓްމަންޓެއް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން

މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ރަސްމީ ބޭނުމަށް ގެއަކާއި އެޕާޓްމަންޓެއް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ.  

ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 17 މޭ 2023 ވާ ބުދަ ދުވަހުން ފެށިގެން 25 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް [email protected] އަށް އީ-މެއިލް ކުރުމަށް ދަންނަވަމެވެ.
  3. ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ ޖަދުވަލު 1 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
  4.  މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާ ނަމަ 17 މޭ 2023 ވާ ބުދަ ދުވަހުން ފެށިގެން 28 މޭ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ.
  5. މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މި ބީލަމާ ގުޅުންހުރި ލިޔެކިޔުންތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  6. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

 

ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)

  • ތާރީޚް: 29 މޭ 2023 (ހޯމަ ދުވަސް)
  • ގަޑި: 10:00 ގައި
17 މޭ 2023
ހޯދާ