ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) / (ހިއުމަން ރިސޯސަސް)

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) / (ހިއުމަން ރިސޯސަސް)

ބޭނުންވާ ޢަދަދު: 1

ބޭނުންވާ މުއްދަތު :

06 މަސް ދުވަހަށް

އޮފީސް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

ނޯޓު:

 

މި މަޤާމަށް ކުރިމަތިލުމަށް ހުށަހަޅާ ތަޢުލީމީ ލިޔެކިޔުންތަކަށް މާރކްސް ދެވޭނީ އިޢުލާނުގެ އެންމެދަށް ސްޕައިން (ADG/17)  ގައިވާ ޝަރުތު ފުރިހަމަވުމުންނެވެ.

މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް

މަޤާމު

ގްރޭޑް /

ސްޕައިން ޕޮއިންޓު

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެޑްމިނިސްޓްރޭޓިވް އޮފިސަރ )ވަގުތީ)

ADG4/17

 

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ:

2. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

5,778.10 ރުފިޔާ

2476.33 ރުފިޔާ

ADG4/18

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 17 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

5,956.80 ރުފިޔާ

2,552.92 ރުފިޔާ

ADG4/19

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 18 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,141.04 ރުފިޔާ

2,631.87 ރުފިޔާ

ADG4/20

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 19 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,330.97 ރުފިޔާ

2,713.27 ރުފިޔާ

ADG4/21

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 20 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,526.77 ރުފިޔާ

2,797.19 ރުފިޔާ

ADG4/22

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 21 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,728.62 ރުފިޔާ

2,883.70 ރުފިޔާ

ADG4/23

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 22 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,936.73

2,972.88

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

 

މުވައްޒަފަށް ދެވޭ އަސާސީ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސް (އަސާސީ މުސާރައިގެ35% ) ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • އެޗް.އާރު ޑިޕާރޓްމަންޓްއިން އެއް އަހަރުން އަނެއް އަހަރަށް ހަދަންޖެހޭ ފައިލްތައް ހެދުމާއި ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
  • ޔުނިވާސިޓީގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ހަވާލުކުރުން.
  • ކުރާ މަސައްކަތާ ގުޅިގެން ލިޔަންޖެހޭ ސިޓީ، ނޯޓް ފަދަ ތަކެތި ލިޔުމާއި ފޮނުވަންޖެހޭ ނޯޓް ފަދަ ތަކެތި ފޮނުވުން އަދި ފައިލް ކުރުން.
  • ޔުނިވާސިޓީގެ އޮޑިޓް މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
  • މުވައްޒަފުންނަށް ވަޒީފާ ދިނުމާއި/ ބަދަލު ކުރުމާއި/ ވަކި ކުރުމުގެ އެންމެހައި ކަންތައް އިސްލާމީ ޔުނިވަރސިޓީގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރުން.
  • ކޮންމެ އަހަރެއްގެ އަހަރު ފެށޭއިރު އެއަހަރަކަށް ކަޑައެޅިފައިވާ ބަޖެޓްގެ ތެރެއިން އެޗް.އާރް ސެކްޝަނަށް ކަޑައެޅިފައިވާ ބަޖެޓް ތައްޔާރުކުރުން.
  • އަލަށް ލައްވާ މުވައްޒަފުންގެ މަޢުލޫމާތު ހިޔުމަން ރިސޯސް ސިސްޓަމަށް އެންޓަރކޮށް އެ މުވައްޒަފުންގެ ކާޑު ހަދައިދިނުން.
  • މުވައްޒަފުންގެ މަޢުލޫމާތު ފައިލު އަޕްޑޭޓްކޮށް ޕްރޮބޭޝަން ފޯމުތައް ފުރުވުން.
  • މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކުރުމާއި، ވަޒީފާގެ އެއްބަސްވުންތައް ތައްޔާރުކޮށް ނިންމުމާއި، މުވައްޒަފުންގެ ޗުއްޓީގެ ކަންތައް ބެލެހެއްޓުން.
  • ފެކަލްޓީ/ ސެންޓަރ/ ކެމްޕަސްތަކުގެ ރަޖިސްޓަރީތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • އިސްލާމީ ޔުނިވާސިޓީގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި މީހުން ތަމްރީނުކުރަންޖެހޭ ދާއިރާތައް ކަނޑައަޅާ ޓްރެއިނިންގ ރިކުއަރމެންޓް ތައްޔާރުކުރުމާއި ޓްރެއިނިންގއަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތްކުރުން.
  • ރާއްޖެއިން ބޭރުން ނުވަތަ ރާއްޖޭގެ އެހެނިހެން އިދާރާއަކުން އިސްލާމީ ޔުނިވާސިޓީއަށް ލިބޭ ޓްރެއިނިންގތަކާއި ގުޅިގެންކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  • އިސްލާމީ ޔުނިވާސިޓީގެ ޤާނޫނާއި ގަވާއިދު އަދި ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފުވާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރުމާއި ރެކޯޑްސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޔުނިވާސިޓީގެ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީހުގެ ކުރިން ފޮނުވުން.
  • ޔުނިވާސިޓީގެ މަސައްކަތުގެ ދާއިރާއިން ސެކްޝަންގެ ވެރިމީހާ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސަލަރ – އެޑްމިން އެންޑް ފައިނޭންސް އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، ޔުނިވާސިޓީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް މަސައްކަތް ކުރުން.
  • އިސްލާމީ ޔުނިވާސިޓީގެ ޤަވާއިދުގައިވާގޮތުގެ މަތިން މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތް ކުރުން.
  • މިނިސްޓްރީއަށް އަލަށް ވަންނަ މުވައްޒަފުންނަށް އިންޑަކްޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުން.
  • ޔުނިވާސިޓީގެ މުވައްޒަފުންނާއި ބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުން.
  • ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަސައްކަތްތަކަށް ބޭނުންވާ އެއްބާރުލުންދީ، ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރުން.
  • ޔުނިވާސިޓީން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ޔުނިވާސިޓީގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  • ބިދޭސީ މުވައްޒަފުންގެ މާލެ އައުމުގެ އެންމެހައި ކަންތައްތައް ހަމަޖައްސައި، ގަވާއިދުން އެ މީހުންގެ ވާރކް ވިސާ ކާޑު އަދި ވިސާ ފީ ދެއްކުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވާސިޓީން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ޔުނިވާސިޓީގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ސްޕަވައިޒަރު ހަވާލުކުރާ އެންމެހައި  މަސައްކަތްތައް ކުރުން. 

 

އުޖޫރައާއި ޢިނާޔަތްތައް:

 

  އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެ ފުށް ފެންނާނެހެން ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ފުރިހަމަކޮއްފައިވާ ކޯހެއްނަމަ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހުންނަންވާނީ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކުރެވިފައި)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

https://jobs.ium.edu.mv/

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • 28 މެއި 2023 ވަނަ ދުވަހުގެ 23:59 އަށް

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
  •  މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 29 މެއި 2023 އިން 22 ޖޫން 2023  އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022160ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
17 މޭ 2023
ހޯދާ