ދިވެހިރާއްޖެ
އިޢުލާން
"ފެނުގެ ޚިދުމަތަށް އެދިފައިވާ ފަރާތަކުގެ ތެރެއިން ޝަރުތު ހަމަވާފަރާތް ތަކުގެ ލިސްޓް އާންމުކުރުން."
މިރަށުގައި ފެނުގެ ނިޒާމް ޤާއިމު ކުރުމުގެ މަޝްރޫގެ ދަށުން ފެނުގެ ކަނެކްޝަން ގޭގެއަށް ގުޅައި ދިނުމަށް އެދި މިއިދާރާއަށް ހުށައަޅާފައިވާ ފޯމްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓް މިއިޢުލާން އާއި އެކު އާންމު ކުރަމެވެ. އަދި މިލިސްޓް އެކުވާލުމުގައި އަމަލު ކުރެވިފައިވަނީ ޤަވާއިދު ނަންބަރު : 2022/R-90 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ދަށުން، ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގައި ވާ ގޮތުގެ މަތިންނެވެ.
ވީމާ، މިއިޢުލާން އާއި އެކު މިވާ ލިސްޓުގައި އެޤަވާއިދަށް ފެތޭ މިއިދާއަށް ފޯމް ހުށައެޅުއްވި އެއްވެސް ފަރާތެއް ހިމެނިފައި ނުވާނަމަ 2023 މެއި 24 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް "ފެނުގެ ޚިދުމަތަށް ނުވަތަ ނަރުދަމާގެ ޚިދުމަތަށް އެދޭ ފޯމް" ފުރިމަކުރުމަށްފަހު މިއިދާރާއަށް ހުށަހަޅުމަށްއެދެމެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
1444 J 27
17 މޭ 2023