ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމަކަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި މުދައްރިސުންގެ ގޮތުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންގެ ތެރެއިން ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ހާސިލު ކޮށްފައިވާ ބޭފުޅުންނަށް އަމާޒު ކޮށްގެން ތިރީގައިވާ ކޯސްތައް ފެށުމަށް ޔުނިވަރސިޓީން ވަނީ ގަސްދުކޮށްފައެވެ. މިކޯސްތައް، ކަނޑައެޅިފައިވާ އަގުގައި ހިންގޭނީ 2015 އަހަރުގެ ފުރަތަމަ ޓާމުގައި އެކަންޏެވެ.
މި ކޯސްތަކަށް ދަރިވަރުން ހޮވުމުގައި އިސްކަންދެވޭނީ ފޯމު ހުށަހަޅާ ތަރުތީބަށެވެ. ކޯސްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 29 ޖަނަވަރީ 2015 އެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މި ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ.
1- ކޯހުގެ ނަން: ޑިޕްލޮމާ އިން ޓީޗިންގ ފްރައިމަރީ |
|
މުއްދަތު: 1 އަހަރު (2 ސެމެސްޓަރ) |
ކޯސްފީ: -/4770 |
ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ރ.ދުވާފަރު އައުޓްރީޗް ސެންޓަރ – ބްލޮކް މޯޑް (30 ޖާގަ)، ޅ.ނައިފަރު އައުޓްރީޗް ސެންޓަރ - ބްލޮކް މޯޑް (30 ޖާގަ)، ގއ.ވިލިނގިލި އައުޓްރީޗް ސެންޓަރ - ބްލޮކް މޯޑް (30 ޖާގަ)، ޏ.ފުވައްމުލައް އައުޓްރީޗް ސެންޓަރ - ބްލޮކް މޯޑް (30 ޖާގަ) |
|
ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު: ހ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލްގެ 4 ގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ށ. އުމުރުން 20 އަހަރުވުމާއި، ޖީ.ސީ.އީ އޯލެވެލްގެ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ. |
2- ކޯހުގެ ނަން: ޑިޕްލޮމާ އިން ޓީޗިންގ ފްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން) |

28 ރަބީޢުލްއައްވަލް 1436