ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތް ކުރުމަށް ހުއްދަދިނުމާއި ގުޅޭ.

                                                                  އިޢުލާނު        

ޢިމާރާތް ކުރުމަށް ހުއްދަދިނުމާއި ގުޅޭ.  

                   ފެލިދެއަތޮޅު ފުލިދޫގައި ގޯތި ގެދޮރާއި އެހެނިހެން ބިންބިމުގައި ޢިމާރާތް ކުރުމަށް ހުއްދަދިނުމުގައި މި އިޢުލާނުގެ ތިރީގައި ވާގޮތައް ޢަމަލުކުރުމަށް 15 މެއި 2023 ވީ ހޯމަދުވަހު ބޭއްވުނު ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2023 ވަނައަހަރުގެ 14 ވަނަ އާއްމުޖަލްސާއިން ވަނީ ނިންމާފައެވެ.

 

1- ގަވާއިދު ނަންބަރު:  2021/R-167 "2019/R-1002 (ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީ ގޮތުގެ ގަވާއިދު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު" ގެ 1. ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ފެލިދެ އަތޮޅު ފުލިދޫގައި ޢިމާރާތްކުރެވޭނޭ އެންމެ އުސްމިނަކީ 12 (ބާރަ) މީޓަރުކަމުގައި ނިންމައި އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ނިންމުން ޝާއިޢުކުރެވޭ ދުވަހުން ފެށިގެން މި ނިންމުމަށް ޢަމަލުކުރަން ފެށުން.

2- 2019/R-999 (ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތަށް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) އިން ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ އިދާރާތަކަށް، ގަވާއިދު ނަންބަރު: 2023/R-24 "ގަވާއިދު ނަންބަރު 2019/R-1004 (ޢިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު" 20. ވަނަ މާއްދާއިން ލިބިދީފައިވާ ބާރުގެ ދަށުން އެ މާއްދާގައިވާ ކަންކަމަށް ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުން ނަގާނޭ ފީތަށް އަންނަނިވި ގޮތަށް ކަނޑައެޅުން.

#

ޢިމާރާތްކުރުމާއިބެހޭ އިދާރީ ގަވާއިދުގެ ރިފަރެންސް

ފީނަގާ ކަމުގެ ތަފުޞީލު

ފީ އަކަމީޓަރަކަށް ( ދިވެހި ރުފިޔާއިން)

1

118. (ހ)

ކުރެހުން ފާސްކުރުމުގެ ފީ

-/1 (އެކެއް) ރުފިޔާ

2

118. (ށ)

ފާސްކުރުމަށް ހުށަހަޅާފައިވާ ކުރެހުމެއްގެ އިޞްލާޙު ފާސްކުރުމުގެ ފީ

-/2 (ދޭއް) ރުފިޔާ

3

118. (ނ)

ކުރެހުން ފާސްކުރުމުގެ ލިޔުން އައުކުރުމުގެ ފީ

-/1 (އެކެއް) ރުފިޔާ

4

118. (ރ)

ކުރެހުމަކަށް ބަދަލެއް އައިސްގެން ފާސްކުރުމުގެ ފީ

-/2 (ދޭއް) ރުފިޔާ

 

                   ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާނު ކުރީމެވެ.

                   26  ޝައްވާލް  1443ހ

                    17  މެއި     2023މ

17 މޭ 2023
ހޯދާ