ދިވެހިރާއްޖެ
`
ހިންމަފުށީ ސްކޫލު
ކ.ހިންމަފުށި، ދިވެހިރާއްޖެ
ނަންބަރު:GS141/IUL/2023/07
އިޢުލާން
މި ސްކޫލުގައި ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމާއި ގުޅޭ
މި ސްކޫލުގެ އިޢުލާނު ނަންބަރު: GS141/IUL/2023/05 އާ ހަވާލާދީ ދަންނަވަމެވެ. 12 މެއި 2023 ވީ ހުކުރު ދުވަހު ބޭއްވުނު ނީލަމުގައި އެއްވެސް ބޭފުޅަކު ބައިވެރި ވަޑައިގެންފައި ނުވާތީ އަލުން ނީލަން ކިޔުމަށް އިޢުލާންކުރަމެވެ. ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ބޭފުޅުން 23 މެއި 2023 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 އަށް ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މި ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ނީލަމުގައި ހިމެނޭ ތަކެތީގެ ލިސްޓާއި ނީލަން ކިޔުމުގެ އުޞޫލު މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ ޕޯޓަލް https://bandeyripay.finance.gov.mv މެދުވެރިކޮށް ފައިސާ ދައްކާ ޚަލާޞް ކުރުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 މެއި 2023
24 ޝައްވާލް 1444