ދިވެހިރާއްޖެ
މި ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުންގެންދާ ގއ.ނިލަންދޫ އިޖްތިމާޢީ ސަރަޙައްދުތައް ސާފުކުރުމުގެ މަސައްކަތަށް ނަގާ "ވެށިފާރަވެރިޔާ" މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކޮށްދޭނެ މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެއެވެ.
މަޤާމް |
ވެށިފާރަވެރިޔާ |
ބޭނުންވާ އަދަދު |
05 |
މުއްދަތު |
02 އަހަރު (ކައުންސިލުން ބޭނުންވި ހިނދެއްގައި މުއްދަތު އިތުރު ކުރެވޭނެއެވެ) |
މުސާރަ |
1600 ރުފިޔާ (މަހަކަށް) ޕެންޝަންގެ ގޮތުގައި މުސާރައިން %7 112ރ (ސަތޭކަ ބާރަ) ރުފިޔާ އުނިކުރެވޭނެއެވެ. |
އެލަވެންސް |
-/500 ރުފިޔާ (މަހަކަށް) |
މަޤާމް އޮތް އޮފީސް |
ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫގެ ކައުންސިލްގެ އިދާރާ |
ސެކްޝަން |
މުނިސިޕަލް ސާރވިސް ސެކްޝަން |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ގއ.ނިލަންދޫ އިޖްތިމާއީ ސަރަހައްދު / ގއ.ނިލަންދޫ |
މަޤާމުގެ އަސާސީ ޝަރުތު:
|
1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއް ކަމުގައިވުން. 1- ވަޒީފާގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި ފަރާތަކަށްވުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
1-ކައުންސިލުން ކަނޑައަޅާ ތާވަލާއި އެއްގޮތަށް ރަށުގެ އިޖްތިމާއީ ސަރަހައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުން 2- ހާއްސަ މުނާޞަބަތުތަކަށާއި ރަސްމިއްޔާތުތަކަށް ވަކި ސަރަޙައްދެއް ސާފުކުރުމަށް ކައުންސިލުން އަންގަވައިފި ހިނދެއްގައި ކައުންސިލުން އަންގާ ގަޑިއަކަށް އެތަނެއް ސާފުކޮށް ތައްޔާރު ކޮށްދިނުން 3-އެދުވަހަކު ސާފުކުރާ ސަރަހައްދެއްގެ ކުނި ކައުންސިލުން އަންގާ ގޮތެއްގެ މަތިން އެއްކޮށް، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންނަށް އަންގައިގެން ކުނިތައް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖެއްސުން. އަދި ކޮންމެ ދުވަހަކު ނެގޭ ކުނި އެދުވަހަކު ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދެވޭކަން ކަށަވަރު ކުރުން 4-ކައުންސިލުން ކުރިއަށް ގެންދާ ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމް ތަންފީޒު ކުރުމުގައި ކައުންސިލުން އަންގާ ކަންކަން ކުރިއަށް ގެންދިޔުން 5-މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން މަސައްކަތުގެ ވަގުތުގައި ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރި ކަމާއި އެކު ކުރުން
|
މަޤާމުގެ ޝަރުތު: |
1- ތަޢުލީމާއި ތަޖުރިބާ އަދި މަސައްކަތްކުރުމުގެ ހުނަރާއި ޤަބިލްކަން ހުރުން 2- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަރާތްތައް |
ހުށައަޅަން ޖެހޭ ލިޔުންތައް: |
1- މައުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.) 2- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ 3- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއި އެކު)
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- ތަޢުލީމާއި ތަޖުރިބާ އަދި މަސައްކަތްކުރުމުގެ ހުނަރާއި ޤަބިލްކަން ހުރުން 2- މަސައްކަތުގައި ގިންވަގުތު އުޅެވޭނެ ފަރާތްތައް |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ގއ.ނިލަންދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށްޓަކާ ބާއްވާ އިންޓަރވިއު އޮންނާނީ 01 ޖޫން 2023 އާއި 20 ޖޫން 2023 އާއި ދެމެދު ކައުންސިލް އިދާރާގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު |
އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ 4000012 ފޯނާއެވެ. |
26 ޝައްވާލު 1444