ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑްބޭންކްއާ ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑް- 19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީގެ ޕްރޮގްރާމްއަށް ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ކޮވިޑް-19 އާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް މާލީ އަދި ތަމްރީން އެހީ ފޯރުކޮށްދިނުމެވެ.
މި އެހީއަށް ޝަރުތު ހަމަވާ ފަރާތްތަކުން މި އިއުލާނުގެ ޖަދުވަލް 1 ގައި ބަޔާންކުރާ ދާއިރާތަކުގެ ދަށުން 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ހަމައަށްވާ ފައިސާގެ އަދަދެއް ގްރާންޓުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެހީ ލިބުމުގެ ޝަރުތެއްގެ ގޮތުން މި މިނިސްޓްރީގެ ފަރާތުން ދޭ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރުން ލާޒިމް ކުރެވިފައިވާނެއެވެ. މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 500 ފުރުސަތު ހުޅުވާލެވޭނެއެވެ. އަދި މި ފުރުސަތުތަކުގެ ތެރެއިން 40% އަންހެނުންނަށް ޚާއްސަކުރެވިފައިވެއެވެ.
މި އެހީ އަށް އެދުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި މި ޕްރޮގްރާމްގެ ތަފްސީލް އަދި އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި މިނިސްޓްރީން އަމަލު ކުރާނެ އުސޫލުތައް ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ. (https://jobcenter.mv/)
ފޯމް ހުށަހެޅުމުގެ ސުންގަޑި |
31 މެއި 2023 |