ދިވެހިރާއްޖެ
(IUL)38-AC/38/2023/222 :ނަންބަރު
އިޢުލާން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2023
ކެންޑިޑޭޓުންގެ ގުރުއަތުނެގުމާ ގުޅޭ
2023 ޖޫން 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރ. އަނގޮޅިތީމު އަދި އއ. ފެރިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވާ ތާރީޚު، ގަޑި އަދި ތަން މި ދަންނަވަނީއެވެ.
ގުރުއަތުނެގުން ކުރިޔަށްދާނެ ތާރީޚު، ގަޑި އަދި ތަން |
|||
ދާއިރާ |
ތަން |
ތާރީޚު އަދި ދުވަސް |
ގަޑި |
ރ.އަނގޮޅިތީމު |
ރ.އަނގޮޅިތީމު ކައުންސިލް އިދާރާ |
17 މޭ 2023، ބުދަ |
10:00 |
އއ.ފެރިދޫ |
އއ.ފެރިދޫ ކައުންސިލް އިދާރާ |
17 މޭ 2023، ބުދަ |
10:00 |
އަދި ދަންނަވަމެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުން އެދެމެވެ. އެހެން ނަމަވެސް، ކެންޑިޑޭޓު ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނުކުރީމެވެ.