ދިވެހިރާއްޖެ
ލ.ހިތަދޫ ކައުންސިލްގެ 2 ވަނަ އަންހެން ވޮލީ މުބާރާތް ހޯސްޓުކުރާނެ ފަރާތެއް ހޯދުމާބެހޭ
ލ.ހިތަދޫ ކައުންސިލްގެ 2 ވަނަ އަންހެން ވޮލީ މުބާރާތް 2023 ހޯސްޓްކުރާނެ ފަރާތެއް ހޯދަން ކުރެވުނު އިއުލާނާއި (IUL)404-ESMS/404/2023/23 ގުޅިގެން ދެވިފައިވާ މަޢުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށް ބިޑު ކޮމެޓީއަށް ފާހަގަކުރެވޭތީ ބިޑުތައް ބާތިލުކޮށް އަލުން އިއުލާނު ކުރަމެވެ.
މި ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާތަކަށެވެ.
ވީމާ،ޝަޢުޤުވެރިވާ ފަރާތްތަކުން 21 މޭ 2023 ވާ (އާދީއްތަ) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. މިއިދާރާގެ ނަންބަރ 6800803އަށް ގުޅުއްވައިގެން ނުވަތަ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވައިގެން ރަޖިސްޓްރީކުރަންވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24މޭ 2023 ވާ (ބުދަ) ދުވަހުގެ 13:00 ގައި ހައްދުންމަތީ ހިތަދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 މޭ 2023 ވާ (އަންގާރަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އީމެއިލްއަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ބައްދަލުވުމެއް ނޯންނާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯން:6800005
އީމެއިލް: [email protected]
ވީމާ، މިކަންޢާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.
26 شَّوال 1444
16 މެއި 2023