މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

އެމް.އެން.ޑީ.އެފް. އަށް މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  • ބޫޓީސް.
  • ފިންސް.
  • މާސްކް.
  • ލައިފްޖެކެޓް.

ވީމާ، މިތަކެތި ސަޕްލައިކޮށްދޭން އެދޭ ފަރާތްތަކުން 26 ޖަނަވަރީ 2015 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 29 ޖަނަވަރީ 2015 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު IUL)28-FA-1/1/2015/4) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

29 ރަބީޢުލްއައްވަލް 1436

20 ޖަނަވަރީ 2015
ހޯދާ