އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް، މާލެ އޮފީސް

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލް ޓައިމް

އަސާސީ މުސާރަ:

-/6000 ރުފިޔާ

ސަރވިސް އެލަވަންސް:

-/1,500 ރުފިޔާ (ޕްރޮބޭޝަންގެ މުއްދަތު ހަމަވުމުން)

މީގެ އިތުރުން، ކެއުމުގެ އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޭލެވެލް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ކޯސް ފުރިހަމަކޮށްފައިވުން. ނުވަތަ؛ 
  •  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މެނޭޖްމަންޓް، ހިއުމަން ރިސޯސް ނުވަތަ އެޑްމިނިސްޓްރޭޝަން) މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތުތައް:

  • އޮފީހުގެ ޖެނެރަލް އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުމާއި، އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުން ތައްޔާރުކުރުމާއި، އޮފީހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، އަހަރީރިޕޯޓު ތައްޔާރުކުރުމުގައި ސެކްޝަންގެ އިސް މުވައްޒަފުގެ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުން.
  • އޮފީހަށް އަންނަ ސިޓީއާއި ތަކެތި ބަލައިގަނެ އެންޓްރީކުރުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވޭތޯ ބެލުމާއި، އެކަންކަމުގައި އެހީތެރިވެދިނުމާއެކު، އެ މަސައްކަތްތައް އިސްވެ ރާވައި ހިންގުން. އެޑްމިންއަށް އަންނަ މައްސަލަތައް ބަލައި، އެކަންކަން ޙައްލުކުރުން.
  • އޮފީހުގެ އެންމެހައި އިދާރީ މަސައްކަތްތަކާއި އެއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އިނގިރޭސިބަހުން ފަރިތަކަމާއެކު ރަނގަޅުފެންވަރެއްގައި މުޢާމަލާތުކުރަން އެނގުން.
  • ކޮމްޕިއުޓިންގ ކޯހެއް ހަދާފައިވުމާއި، މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން ރަނގަޅަށް އެނގުން. (ޚާއްޞަކޮށް، މައިކްރޯސޮފްޓް ވޯޑާއި އެކްސެލް)
  • މަސައްކަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބަރާބަރަށް ނިންމޭފަދަ ހީވާގި މުރާލި މީހަކަށް ވުންް.

 ހުށަހަޅަންޖެހޭ ލިއުންތައް:

- ތަޢުލީމީ ސެޓްފިކެޓްތަކާއި ފަންނީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)

- ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)

ސުންގަޑި:

2015 ފެބުރުވަރީ 1 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން.

އިންޓަވިއުއަށް ކިޔާނީ، މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ލިއުންތައް ހުށަހަޅާނީ:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕވޓ ލޓޑ.

ބިލްޑިންގ 100 ސ. ގަން

އައްޑޫ ސިޓީ/ގަން

ފޯން: 6898010

އީމެއިލް:[email protected]

22 ޖަނަވަރީ 2015
ހޯދާ