މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖްތިމާޢީ ސަރަހައްދު ސާފުކޮށް ބަލަހައްޓާދޭނެ މުވައްޒަފުން ހޯދުމާއި ގުޅޭ

އިޢުލާން

ރަށުގެ އިޖްތިމާޢީ ސަރަހައްދު ސާފުކޮށް ބަލަހައްޓާދޭނެ މުވައްޒަފުން ހޯދުމާއި ގުޅޭ

 

ރަށުގެ އިޖްތިމާޢީ ސަރަހައްދުތަކާއި ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ބިންތަކާއި މަގުތައް ކުނިކަހައި، ސާފުކުރުމަށް މުވައްޒަފުން ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 25 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާގެ ނަންބަރު: 4009830 ނުވަތަ 4009834 ށް ގުޅައި ނަންނޯޓްކުރެއްވުން އެދެމެވެ.

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 20 (ވިހި)

މުސާރަ: ދުވާލަކަށް -/120 (ސަތޭކަ ވިހި ރުފިޔާ)

މަސައްކަތް ކުރަންޖެހޭ ދުވަހާއި ގަޑި:

މަސައްކަތް ކުރަންޖެހޭ ދުވަސް

ކޮންމެ ހަފްތާއަކު 3 ދުވަސް

މަސައްކަތް ކުރަންޖެހޭ ގަޑި

ދުވާލަކު 3 ގަޑިއިރު

އަދި ދިމާވާ މުހިންމު ކަންކަމާއި ގުޅިގެން ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރަންޖެހޭނެއެވެ.

 

ސަރަހައްދު 1

  1. ބަނދަރު (ހުރަސްމަގުން ފެށިގެން އިރުމަތި)
  2. ރޯޝަނީ މަގު
  3. ހިނަވާގެ / ގަބުރުސްތާނު ވަށައިގެންވާ މަގުތައް
  4. ޕާކު ސަރަހައްދު
  5. ޕިކްނިކް ބީޗަށްދާ މަގު
  6. ފުޓްސަލްދަނޑު ވަށައިގެންވާ މަގުތައް
  7. ބޯޅަދަނޑު ( އިރުމަތީ މަގު/ ދެކުނު މަގު)
  8. ޔޫތުސެންޓަރ (އެތެރެއާއި ބޭރު)

 

ސަރަހައްދު 2

  1. ބަނދަރު (ހުރަސްމަގުން ފެށިގެން ހުޅަނގު)
  2. ޕިކްނިކް ބީޗް
  3. ހުރަސްމަގު
  4. ދިގުމަގު
  5. ފުޓްބޯޅަދަނޑު ( ހުޅަނގުމަގު/ އުތުރުމަގު)
  6. ބައު އިންޖީނުގެ އެތެރެއާއި ބޭރު
  7. ވާރޭވިލާ ދެކުނުން އޮތް ހުސްބިން (މަގުތައް)
  8. ކެތި ، އަސްރަފީހިޔާ، ބީޗްރެސްޓް ގޯތީގެ އުތުރުން އޮތް މަގު

 

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

      25 ޝައްވާލް 1444                         

15 މޭ 2023
ހޯދާ