މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2023 މެއި 16 އިން 19 އަށް ޅ.މާފިލާފުށި، މާކޯ، މެދަފުށި އަދި މީދާހުރާގައި އެމް.އެން.ޑީ.އެފް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކާއި ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 މެއި 16 އިން 19 އަށް މިއިން ކޮންމެ ދުވަހެއްގެ 18:00 އިން ފެށިގެން ޖެހިގެން އަންނަދުވަހުގެ 06:00 އަށް ޅ. މާފިލާފުށި، މާކޯ، މެދަފުށި އަދި މީދާ ހުރާގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލެއާރސް ދަތުރުކުރާނީ ޅ. މާފިލާފުށި، މާކޯ، މެދަފުށި އަދި މީދާ ހުރާގެ މަތިން 300 މީޓަރ ދުރުމިނަށެވެ. އަދި، މި ފްލެއާރސް  ދަތުރުކުރާނެ އެންމެ އުސްމިނަކީ 300 މީޓަރެވެ.

 ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

15 މޭ 2023
ހޯދާ