މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
ކުރިއަށް އޮތް ދެއަހަރަށް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

               މިސްކޫލުން ދައްކާ ނަމޫނާއަކާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ، ކުރިއަށް އޮތް ދެއަހަރަށް  ތައްޔާރުކޮށް، ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 16 މެއި 2023 އިން 21 މެއި 2023 އަށް ބަންދު ނޫން ދުވަސްތަކުގެ 14:00 ގެ ކުރިން ސްކޫލް އޮފީހަށް ވަޑައިގެން ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

މިމުއްދަތުގެ ތެރޭގައި ބީލަން ހުށައެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެއެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  23 މެއި 2023ވާ އަންގާރަ ދުވަހުގެ12:00ގެ ކުރިން މިސްކޫލަށް ލިޔުމުން  ފޮނުއްވުންއެދެމެވެ. އަދި މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަންނަ ތާރީހާއި ގަޑި ތިރީގައި އެވަނީއެވެ.

 

މަޢުލޫމާތު ދިނުން

ބީލަން ބަލައިގަތުން

ތާރީޚް: 23 މެއި 2023 (އަންގާރަ)

ތާރީޚް: 28 މެއި 2023 (އާދިއްތަ)

ގަޑި: 13:30

ގަޑި: 13:30

ތަން: މޭނާސްކޫލް

ތަން: މޭނާސްކޫލް

               

             މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރަން ޙާޟިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • މޭނާ ސްކޫލް / ނ.ހޮޅުދޫ

  • ފޯން: 6560001

  • އީ-މެއިލް: [email protected]

   15 މެއި 2023

 

 

15 މޭ 2023
ހޯދާ