ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯރލްޑް ބޭންކްގެ އެހީއާއެކު ކޮވިޑް-19 ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމާއި ބެހޭ:

އިޢުލާން

ނަމްބަރު:(IUL)257/257/2023/55

 ވޯރލްޑް ބޭންކްގެ އެހީއާއެކު ކޮވިޑް-19 ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމާއި ބެހޭ:

 

 

ވޯރލްޑް ބޭންކްގެ އެހީއާއެކު ކޮވިޑް-19 ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ދަނީ ހިންގަމުންނެވެ. މި ޕްރޮގްރާމްގެ  މަޤުސަދަކީ ކޮވިޑް-19 އާ ގުޅިގެން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް އަނބުރާ ފެށުމަށް ނުވަތަ އެ މަސައްކަތް ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ބިއުޓީ އަދި މޭކަޕް ކުރުން، ކުޅިވަރު އަދި ފިޓްނަސް، އަތްތެރި މަސައްކަތް، ކުރިއޭޓިވް އާރޓްސް އާއި މިއުޒިކް. ފެހުން އަދި ޓެކްސްޓައިލްގެ މަސައްކަތް، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ހިމެނެއެވެ. މިގޮތުން ހިންގޭ އެހީގެ ޕްރޮގްރާމްގެ 3 ވަނަ ބުރު މިހާރު ވަނީ އިއުލާން ކުރެވިފައެވެ.

ވީމާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން އެހީއަށް އެދި އެޕްލިކޭޝަނުން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 31 މެއި 2023 ގެ ކުރިން މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް (https://jobcenter.mv) މެދުވެރިކޮށެވެ.  މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ޝަރުތުތަކާއި މި ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވާ ގޮތުގެ އުސޫލް އެއްކަރުދާސް ކުރީމެވެ.

                     

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.

15 މޭ 2023
ހޯދާ