މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ،ދޮންފަނު ކައުންސިލްގެ ރަސްމީ ލޯގޯ ފަރުމާކުރުމަށް ހުޅުވާލުން (2 ވަނަ އިޢުލާން)

މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ ރަސްމީ ލޯގޯ ފަރުމާކުރުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅުނު ހުށަހެޅުންތައް މަދުކަމުން އަލުން އެފުރުޞަތު ހުޅުވާލަމެވެ. ފަރުމާކުރުމަށާއި ޑިޒައިން ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު މިއިޢުލާނާއެކު އާއްމުކުރެވިފައިވާނެއެވެ. ލޯގޯ ފަރުމާކުރުމުގައި ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޕާރޓްނާޝިޕްތަކާއި، ކުލަބުޖަމިއްޔާ ޖަމާޢަތްތަކަށާއި، ކުޅިވަރު ޓީމްތަކަށާއި ގްރޫޕްތަކަށާއި އަދި އަމިއްލަ ފަރުދުންނަށްވެސް ބައިވެރިވެވޭނެއެވެ. ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލްއެވެ. ޕްރޮޕޯސަލްގައި ގިނަވެގެން 3 ޑިޒައިން ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ޑިޒައިން އަކަށްވެސް ވަކިން ލޯގޯއާއި އެކު ހުށަހަޅަން ބުނެފައިވާ ތަކެތި ހުށަހަޅުއްވަންވާނެއެވެ. ލޯގޯ ފަރުމާކުރުމަށް މިއިދާރާގެ ނަމްބަރު (IUL)317-PP/AD/2023/32 އިޢުލާނުން ހުޅުވާލެވުނު ފުރުސަތުގައި ހުށަހަޅާފައިވާ ފަރާތްތަކުންވެސް އަލުން ޕްރޮޕޯސަލް ހުށަހަޅަންވާނެއެވެ.

ޑިޒައިން ހުށަހަޅާނީ، މައުލޫމާތު ކަރުދާހުގައި ބުނެފައިވާ ހުރިހާ ތަކެއްޗެއް ހަމަކޮށް އީމެއިލްކޮށްގެންނެވެ. އީމެއިލް ކުރުމުގެ ސުންގަޑިއަކީ 27މޭ 2023 ވަނަ ދުވަހުގެ 18:00 އެވެ. އީމެއިލް ކުރައްވާނީ [email protected] މި އީމެއިލް އެޑްރެހަށެވެ.

ޑިޒައިން ތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ޑިޒައިންއަކަށް 2500 (ދެހާސް ފަސްސަތޭކަ) ރުފިޔާގެ ފައިސާ ގެ އިނާމެއް ދެވޭނެއެވެ.

އިޢުލާންއާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަމްބަރު 6600054 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 މޭ 2023
ހޯދާ