ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
ދިވެހި ސިވިލް ސަރވިސްއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތަކާމެދު ޚިޔާލުބަދަލުކުރުމަށާއި ސިވިލް ސަރވިސްގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް ކޮމިޝަނުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޕަރމަނަންޓް ސެކްރެޓަރީންގެ އަހަރީ މަޝްވަރާ ބައްދަލުވުން 26 ން 28 ފެބުރުވަރީ 2015 (26 ފެބުރުވަރީ 2015 ދުވަހު ހަވީރު މާލެއިން ފުރުމަށްފަހު 28 ފެބުރުވަރީ 2015 ދުވަހު ހަވީރު މާލެ އެނބުރި އަންނަގޮތަށް) ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން، ތިރީގައި މިދަންނަވާ އަންދާސީހިސާބުގައި ބަޔާންކޮށްފައިވާ ހުރިހާ ބައިތައް ހިމެނޭގޮތަށް، އެ ބައްދަލުވުން މާލެ ފިޔަވައި (ހުޅުމާލެ އަދި ވިލިނގިލި ނުހިމެނޭގޮތަށް) އެހެން ރަށެއްގައި ބާއްވައިދޭނެ ފަރާތެއް ހޯދުމަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު އެރުވީމެވެ.
މަސައްކަތުގެ ތަފުސީލު
ބައްދަލުވުމުގެ 30 ބައިވެރީންގެ އެކޮމޮޑޭޝަނާއި ދަތުރުފަތުރާއި ކެއުން (ހެނދުނު ސައި، ނުވަގަޑި ސައި، މެންދުރު ކެއުން، ހަވީރު ސައި، ރޭނގަޑު ކެއުން، ބައްދަލުވުން އޮންނަ ވަގުތުތަކުގައި ފެން، ސައި، ކޮފީ) ހަމަޖައްސައިދިނުމާއި، ބައްދަލުވުން ބާއްވާ ތަނުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން.
ބާއްވަން ބޭނުންވާ ތަން
މިފަދަ ބައްދަލުވުމެއް ބޭއްވޭ ފަދަ ވަސީލަތްތައް (ކޮންފަރެންސް ރޫމް، ޕްރޮޖެކްޓަރ، ސައުންޑް، ގޮނޑި، މޭޒު، 3 މައިކް އަދި އެކިއެކި ރިސޯސަސްތައް) ލިބެންހުރި އެކަށީގެންވާ މާހައުލެއް އޮތް ރަށެއް.
އަންދާސީހިސާބުގައި ހިމަނަންޖެހޭ ބައިތައް
- އަގު:
- ރަށް:
- ދަތުރުފަތުރު އިންތިޒާމުކުރާގޮތް:
- ކެއުމުގެ އިންތިޒާމުތައް (މެނޫ ހިމެނޭގޮތަށް):
- ބައްދަލުވުން ބާއްވާތަނުގެ އިންތިޒާމުތައް (ބޮޑުމިނާއި، އެއަރކޮންޑިޝަން ކުރެވިފައިވާކަން ނުވަތަ ނޫންކަން ހިމެނޭގޮތަށް):
- ހުރުމުގެ އިންތިޒާމުތަކުގެ ތަފުސީލުތައް (ކޮޓަރީގެ އަދަދާއި ލިބެން ހުންނާނެ އިންތިޒާމުތައް ހިމެނޭގޮތަށް):
- ބިޑް ވެލިޑިޓީ: އަންދާސީހިސާބު ހުށަހަޅާ ދުވަހުން ފެށިގެން މަދުވެގެން 30 ދުވަސް
- ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: {އަމިއްލަ ފަރާތްތައް، ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތައް، ކޮމްޕެނީ (ޕްރޮފައިލް، ރަޖިސްޓަރީގެ ކޮޕީ، ކޮމްޕެނީގެ ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ) އަދި ގުޅޭނެ މަޢުލޫމާތުތައް.}
މުހިންމު ނޯޓް: މަތީގައި ބަޔާން ކުރެވިފައިވާ ސްޕެސިފިކޭޝަން އަދި މަޢުލޫމާތުތައް ފުރިހަމަނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބިޑް އިވެލުއޭޓްކުރުމުގެ ޕްރޮސެސްގައި އަދި މިނޫން ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވެއެވެ.
އަންދާސީހިސާބުތައް އިވެލުއޭޓްކުރުމުގެ ކްރައިޓީރިއާ
# |
އަގު (ރުފިޔާ) |
މާކްސް |
01 |
80,000 އަށްވުރެ މަތި |
ޑިސްކޮލިފައި |
02 |
70,000 – 79,999 |
10 |
03 |
60,000 – 69,999 |
15 |
04 |
50,000 – 59,999 |
25 |
05 |
49,999 އަށްވުރެ ދަށް |
30 |
o އަގު= 30 ޕޮއިންޓް (މަތީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން)
o ވަސީލަތްތައް = 70 ޕޮއިންޓް
އަންދާސީހިސާބު ހުށަހެޅުން
މަތީގައިވާ ގޮތުގެ މަތީން މި ބައްދަލުވުން ބާއްވައިދިނުމަށް އެދޭ ފަރާތްތަކުން 1 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރީން ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3307345/ 3303647
- ފެކްސް: 3303648
- އީމެއިލް: [email protected]
- ވެބްސައިޓް: www.csc.gov.mv