ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

މަޤާމް: ޑްރައިވަރ

ރޭންކް: އެސްއެސް 2

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

އޮފީސް/ އިދާރާ: ގއ. ވިލިނގިލީ ކައުންސިލް އިދާރާ

ސެކްޝަން: ކޯޕަރޭޓިވް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ. ވިލިނގިލީ ކައުންސިލް އިދާރާ

މުސާރަ: މަހަކު -/3،470 ރުފިޔާ

ސަރވިސް އެލަވަނސް: މަހަކު -/1،000 ރުފިޔާ

ބޭނުންވާއަދަދު: 1

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2 - މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ ސަނަދެއް ލިބިފައިވުން.                     

މަޤާމުގެ މައްސޫލިއްޔަތާއި ވާޖިބުތައް:

1- މި އިދާރާގެ ބޭނުންތަކަށް، ރަސްމީ ގަޑިތަކާއި، ނުރަސްމީ ގަޑިތަކުގައި ވޭން ދުއްވުން.

2- ވޭން ދޮވެ ސާފުކޮށް ބެލެހެއްޓުން.

3- ކަނޑައެޅިފައިވާ ގޮތުގެމަތިން ވޭނުގެ އަޑީތެއޮ ބަދަލުކުރުމާއި، މަރާމަތެއް ކުރަންވެފައި ހުރިނަމަ ލަސްނުކޮށް ވެރިއަކަށް އަންގައިގެން  މަރާމާތުކުރުމުގެ ކަންތައްތައް ކުރުން.

4- ވެހިކަލް ދުއްވަންނުޖެހޭ ރަސްމީ ވަގުތުތަކުގައި އޮފީހުގައި ހޭދަކުރުމާއި، ރަސްމީގަޑިޔާއި، ނުރަސްމީ ގަޑިތަކުގައި، ވެރިން އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.

5- މި އިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން ކުރަމުންދާ ކުނިއުކުމުގެ މަސައްކަތަށް ބޭނުންކުރާ ޕިކަޕް ދުވަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ ޕިކަޕް ދުއްވުން.

6- ރަށު ކައުންސިލުން ހަދާ ތަރައްޤީގެ އެކިއެކި ޕްލޭންތަކުގައްޔާއި، ބާއްވާ ވާރކްޝޮޕާއި ސެމިނާރު ފަދަ ކަންކަމުގައި އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަސައްކަތުގައި ގިނަވަގުތު އުޅެވޭ، ހީވާގި، އުމުރުން 55 އަހަރު ނުފުރޭ ފިރިހެނުންނަށް އިސްކަންދެވޭނެއެވެ. މި މަޤާމަށް ޝަރުޠު ފުރިހަމަވާ މީހަކު ނުލިބެއްޖެނަމަ، ކޮންޓެކްޓް އުސޫލުން މި މަސައްކަތް ކުރާނޭ މީހަކުވެސް ބޭނުންވެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު: ގއ. ވިލިނގިލީ ކައުންސިލް އިދާރާ

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: 2015 ޖަނަވަރީ 27 ވާ އަންގާރަ ދުވަހުގެ 13.30. ގެ ކުރިން، ގއ. ވިލިނގިލީ ކައުންސިލް އިދާރާއަށް، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމާއެކު، މަތީގައިވާ ލިއުންތައް ހުށަހެޅުން އެދެމެވެ.

ޢިނާޔަތްތައް: ހަމަޖެހިފައިވާ ޤަވާއިދުތަކާ އެއްގޮތަށް އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ، ބަންދުދުވަހުގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1 ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2 ސިވިލްސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ ވަޒީފައަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.

3 ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތައުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިއުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދުކޮށްފައިވާ ލިއުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު)

5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިއުންތައް ކިޔަންއެނގޭ، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު)

6. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު. ( ސީވީ )

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6820027 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6824680 އެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ.

28 ރަބީއުލްއައްޥަލް 1436

19 ޖަނަވަރީ 2015
ހޯދާ