ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރުކުރުން:
މި ކޮމިޝަނުން، މިނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވައިލާފައި 28 ޑިސެންބަރު 2014 ގައި ކުރި ނަންބަރު 188PSM/IUL/2014/100 ގެ އިޢުލާނަށް، އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އެ މަޤާމަށް ކުރިމަތިލެއްވުމުގެ މުއްދަތު 2015 ފެބުރުވަރީ 1 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 އަށް އިތުރުކޮށްފައިވާ ކަމުގައި ދަންނަވަމެވެ.
ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލައްވާާ، މަގާމުގެ ޝަރުތު ހަމަވާ، ޝޯޓްލިސްޓްކުރެވޭ ބޭފުޅުންގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން ހުށަހެޅުމާއި އިމްތިޙާނުކުރުން ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 2015 ފެބުރުވަރީ 8 އާއި 19 އާ ދެމެދު މާލޭގައެވެ.
ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލއްވާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުއްވުމަށާއި އިންޓަވިއުއަށާއި އިމްތިޙާނަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. އަދި އެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވައިލުމަށްޓަކައި 28 ޑިސެންބަރު 2014 ކުރި ނަންބަރު 188PSM/IUL/2014/100 އިޢުލާނާ ގުޅިގެން 2015 ޖަނަވަރީ 18 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުން އިތުރަށް އެޕްލިކޭޝަން ހުށަހަޅުއްވަން ޖެހިވަޑައިނުގަންނަވާނެ ކަމުގައިވެސް ދަންނަވަމެވެ.
29 ރަބީޢުލްއައްޥަލް 1436