ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އިންފެކްޝަސް ޑިސީސް މެނޭޖްމެންޓް ސެންޓަރ (އައި.ޑީ.އެމް.ސީ) ގެ ބެކަޕް ޖެނެރޭޓަރ ހަޓް އަދި ވޭސްޓް އޮޓޯކްލޭވް މެޝިން ބަހައްޓާނެ ރޫމެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

އިންފެކްޝަސް ޑިސީސް މެނޭޖްމެންޓް ސެންޓަރ (އައި.ޑީ.އެމް.ސީ) ގެ ބެކަޕް ޖެނެރޭޓަރ ހަޓް އަދި ވޭސްޓް އޮޓޯކްލޭވް މެޝިން ބަހައްޓާނެ ރޫމެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު: TENDER/HMH/2023/022

އައި.ޑީ.އެމް.ސީގެ ބެކަޕް ޖެނެރޭޓަރ ހަޓް އަދި ވޭސްޓް އޮޓޯކްލޭވް މެޝިން ބަހައްޓާނެ ރޫމެއް ހެދުމުގެ މަސައަކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 25 މެއި 2023ވާ ބުރާސަފަތި ދުވަހުގެ 10:00ގެ ކުރިން [email protected] އަށް މެއިލްކުރެއްވުންއެދެމެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. އީ-މެއިލް ކޮންފާރމޭޝަން ރެޖިސްޓްރީވާ ފަރާތްތަކަށް ފޮނުވޭނެއެވެ.

 

ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުންކަމާއި ރެޖިސްޓްރީ ކޮންފާރމޭޝަން ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

 

މައުލޫމާތު ދިނުން:

ބިޑްގެ ޕްރީބިޑް ބައްދަލުވުން  22 މެއި 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން:

29 މެއި 2023 ވާ ހޯމަ ދުވަހުގެ 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 25 މެއި 2023ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350152 / 3350111

އީ-މެއިލް: [email protected]

 

14 މެއި 2023

 

 

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

14 މޭ 2023
ހޯދާ