މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބ.ކުޑަރިކިލު ސްކޫލް 4 ކްލާސްރޫމް ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

`

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

 

 

     މާލެ،

އިޢުލާން ނަންބަރ:

IUL)22-G/22/2023/156)

   ދިވެހިރާއްޖެ.

ޕްރޮޖެކްޓް ނަންބަރު:

G-2023-G-008

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ބ.ކުޑަރިކިލު ސްކޫލް 4 ކްލާސްރޫމް ޢިމާރާތުގެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން:

  1. ބ.ކުޑަރިކިލު ސްކޫލް 4 ކްލާސްރޫމް ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 މެއި 14 ން 2023 މެއި 18 ގެ 14:00ގެ  ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: forms.moe.gov.mv

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 މެއި 21 ގެ ނިޔަލަށް މި އިޢުލާންގެ 7 ވަނަ ނަންބަރު ގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 މެއި 22 ވަނަ ދުވަހުގެ 11:15 ގައިމިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 08 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 2 ގައެވެ.
  3. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000/-ރ.(ފަންސަވިސް ހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
  4. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  5. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 8 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން:  3341127 , 3341129

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

24 ޝައްވާލް 1444

14 މެއި    2023

14 މޭ 2023
ހޯދާ