މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

މުނިސިޕަލް ސަރވިސް އޮފިސަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

ރޭންކު

އެމް.އެސް 1

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2،000 ރުފިޔާ

އެހެނިހެން އެލަވަންސް

އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭތަން

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ (އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް)

މަޤާމުގެ މަސްއޫލިއްޔަތު

- ވިހާމަރުވާއާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި، އުފަންދުވަހުގެ ސެޓްފިކެޓް. އިމްޕޯޓް ހުއްދަ، ސަލާމަތީ ސެޓްފިކެޓް، ސާފުތާހިރުކަމުގެ ސެޓްފިކެޓް ދޫކުރުމުގެ ކަންކަން ބެލެހެއްޓުމާއި، ލިބޭ ސިޓީއާއި މެސެޖްތަކަށް ޖަވާބުދިނުމާއި، ރިޕޯޓްތައް ފޮނުވުމާއި، ރުއްގަހުގެ ކަންތަކާއި، ރަށުތެރެ ސާފުކުރުމުގެ ކަންތައްތައް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ   ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ   ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ   ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1.  ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން. (ވަޒީފާގެ ޝަރުޠު ފުރިހަމަނުވާނަމަ، ޑިސްކޮލިފައިވާނެ)        

2.  ތަޢުލީމާއި ތަމްރީން: ލިބިފައިވާ ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތަކާއި، އެހެނިހެން ތަމްރީންތައް.                                        

3.  ތަޖުރިބާ:   ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި އެހެނިހެން ތަޖުރިބާ

4.  ލިބިފައިވާ ހުނަރު:   އިންޓަރވިއުއާއި ޕްރެކްޓިކަލް

އިންޓަވިއުކުރުން

- އިންޓަވިއުއާއި ޕްރެކްޓިކަލް އޮނަނާނެ ތާރީޚާއި، ތަނާއި ގަޑި، އިންޓަވިއު ބާއްވާ ދުވަހުގެ 4 ދުވަހުގެ ކުރިން، ވަޒީފާއަށް އެދިފައިވާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- މި މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، ތިރީގައިވާ ލިޔުންތަކާއެކު، 2015 ފެބުރުވަރީ 5 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. ނަމަވެސް މި އިދާރާގެ މުވައްޒަފަކު ކުރިމަތިލާނަމަ، ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

- ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް:

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީއާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

 

އިތުރު މަޢުލޫމާތު

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ގުޅާނީ މި އިދާރާގެ ނަންބަރު  6600007 ފޯނާއެވެ. މެއިލްކުރާނަމަ މެއިލްކުރާނީ  [email protected] އަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

  28 ރަބީޢުލްއައްޥަލް 1436

    

19 ޖަނަވަރީ 2015
ހޯދާ