ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

މަޤާމު

ޑިރެކްޓަރ ޖެނެރަލް  

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމް ގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އީ.އެކްސް 5

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ ޖެނެރަލް

ޑިވިޝަން / ސެކްޝަން

ޕްރޮޖެކްޓްސް  

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް

މުސާރަ:

މަހަކު -/13,890 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް:  

މަހަކު 3889.20 ރުފިޔާ (މުސާރައިގެ %28)

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

ސްޕެޝަލް ޑިއުޓީ އެލަވަންސް:

އަސާސީ މުސާރައިގެ 35%

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ހޮސްޕިޓަލުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލައި، ހޮސްޕިޓަލުގެ އޮޕަރޭޝަންސް އާއި ގުޅޭ ޕްރޮސެސްތައް ތައްޔާރުކޮށް، މޮނިޓަރ ކޮށް އަދި ޑިޕާޓްމަންޓްތަކުގެ ވެރިންނާގުޅިގެން މިކަންކަން ތަންފީޒުކުރުން
  2. ހޮސްޕިޓަލުގެ ފެސިލިޓީ މޭނޭޖްމަންޓް އަދި ޕްރޮޖެކްޓްސް އާގުޅުންހުރި އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން
  3. ހޮސްޕިޓަލުން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް ކުރާނެ ގޮތުގެ ރިކުއާމަންޓްތައް ތައްޔާރުކޮށް އެ މަސައްކަތްތައް ރާވާ ހިންގާ އެކަންކަން ހިނގާ ނުހިނގާގޮތް ބެލެހެއްޓުން
  4. ހޮސްޕިޓަލުން ހިދުމަތްދެމުންގެންދާ އިމާރާތްތަކުގެ ރިޕެއަރ އަދި މެއިންޓަނެންސްގެ މަސައްކަތްތައް އެދާއިރާއަކަށް ކަނޑައަޅާފައިވާ ސުޕަވައިޒަރުލައްވާ ކަނޑައެޅިފައިވާ އުސޫލުތަކާއެއްގޮތްވާގޮތުގެ މަތިން ކުރުވާ އެކަންކަން ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން
  5. ހޮސްޕިޓަލުގައި ހިނގާ ހުރިހާ (ބޮޑެތި މަސައްކަތްތައް) ޕްރޮޖެކްޓެއް ހިނގާ ނުހިނގާ ގޮތް ސީ.އީ.އޯ.ގެ ލަފަޔާ އިރުޝާދާއެކު ބެލެހެއްޓުން
  6. ހޮސްޕިޓަލުގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓަށް ކުރެވޭ އެންމެހާ ޕްލޭންތައް އެކުލަވާލައި، މިފަދަ ޕްރޮޖެޓްތަކުގެ ރިކުއާމަންޓްތައް ގުޅުންހުރި ފަރާތްތަކާއެކު ތައްޔާރުކުރުން
  7. ހޮސްޕިޓަލުގައި ހިންގާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްތަކާއި، މަރާމާތާއި ގުޅޭ އެންމެހާ މަސައްކަތްތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް، ކަމާ ގުޅުންހުރި ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުން
  8. ހޮސްޕިޓަލުގެ އެންމެހާ އިމާރާތްތަކާގުޅޭ މެއިންޓަނެންސްގ ހައުސްކީޕިންގ އަދި މެއިންޓަނެންސް މަސައްކަތްތައް ކުރަމަށް ބޭނުންވާ ޕްލޭންތަކާ ރިކުއާމަންޓްތައް ހަދައި އެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން
  9. ހޮސްޕިޓަލުގެ ފެސިލިޓީ މެނޭޖްމަންޓް އަދި ޕްރޮޖެކްޓްސް މަސައްކަތްތަކުގައި އުޅޭ ސުޕަވައިޒަރުންނާއި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލާ ސުޕަވައިޒަރުންގެ ޒިންމާ ފުރިހަމައަށް އަދާކުރަމުންދާކަން ކަށަވަރުކުރުން
  10. ފެސިލިޓީ މެނޭޖްމަންޓް އަދި ޕްރޮޖެކްޓްސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ތައްޔާރުކުރަންޖެހޭ ޕްލޭންތައް ތައްޔާރުކޮށް، އެކަންކަން ސީ.އީ.އޯގެ އިރުޝާދާއެކު އެގްޒެކެޓިވް ކޮމިޓީގެ ރުހުންހޯދައި ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުވުން
  11. ފެސިލިޓީ މެނޭޖްމަންޓް އަދި ޕްރޮޖެކްޓްސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ތައްޔާރުކުރަންޖެހޭ ރިކުއާމަންޓްތަކާއި، ސްޓޭންޑަޑް އަދި ގައިޑްލައިންތައް ތައްޔާރުކޮށް އެކަންކަން ސީ.އީ.އޯގެ އިރުޝާދާއެކު އެގްޒެކެޓިވް ކޮމިޓީގެ ރުހުންހޯދައި ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުވުން
  12. ހޮސްޕިޓަލުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލުމާއި، ހޮސްޕިޓަލުގެ އިދާރީ މަސައްކަތްތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތަކާއި، ރިޕޯޓްތައް ޑިޕާޓްމަންޓުތަކުގެ ވެރިންނާ ގުޅިގެން ތައްޔާރުކޮށް، އެކަންކަން ހޮސްޕިޓަލުގައި ތަންފީޒުކުރުވުން
  13. ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސްއޫލިއްޔަތުތައް އަދާކޮށް އެމަސައްކަތްތައް ކުރުވުން
  14. ހޮސްޕިޓަލުގެ ފެސިލިޓީ މެނޭޖްމަންޓް އަދި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްތަކާ ގުޅޭ މުހިންމުކަންކަމުގެ ތަފްސީލުތަކާއި އަޕްޑޭޓް ދުވަހުންދުވަހަށް ސީ.އީ.އޯ އަށް ފޯރުކޮށްދިނުން
  15. ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުތު

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

މަގާމުގެ ތައުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް   
  • މެނޭޖްމަންޓް  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ހޮސްޕިޓަލް މެނޭޖްމަންޓް
  • ޕްރޮޖެކްޓް މެނޭޖްމަންޓް

 

މަގާމުގެ މަސައްކަތުގެ ދާއިރާތައް:

  •  އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  4. (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  2. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  3. (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  4. ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
  5. ޕޮލިސް ރިޕޯޓް
  6. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަންގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 މެއި 22 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގގެ 4 ވަނަ ފަންގިފިލާއަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

14 މޭ 2023
ހޯދާ