މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
"އިންޓަރނޭޝަލް އެސޭ ކޮމްޕެޓިޝަން ފޮރ ޔަންގް ޕީޕަލް 2023" ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                                          އިޢުލާން

 

"އިންޓަރނޭޝަލް އެސޭ ކޮމްޕެޓިޝަން ފޮރ ޔަންގް ޕީޕަލް 2023" ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން 

 

ޖަޕާންގެ ދަ ގޮއި ޕީސް ފައުންޑޭޝަނުން އިންތިޒާމްކުރާ "އިންޓަރނޭޝަލް އެސޭ ކޮމްޕެޓިޝަން ފޮރ ޔަންގް ޕީޕަލް 2023" މަޒުމޫނު ލިއުމުގެ މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ފުރުޞަތުވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ 14 އަހަރާއި 25 އަހަރު ދެމެދު ޒުވާނުންނަށެވެ. މިއަހަރުގެ ޝިޢާރަކީ "ޔޫތު ކްރިއޭޓިންގ އަ ޕީސްފުލް ފިއުޗަރ" އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ އުމުރުން 14 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުން 15 ޖޫން 2023 ގެ ކުރިން www.goipeace.or.jp ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް މަޒުމޫނު ހުށަހެޅުއްވުން އެދެމެވެ. އަދި މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު www.goipeace.or.jp މި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14 މޭ 2023
ހޯދާ