މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާއާބެހޭ

2022 ވަނަ އަހަރަށް ޙިއްޞާގެ ފައިދާގެ ގޮތުގައި ޙިއްޞާއަކަށް، -/04 (ހަތަރެއް) ރުފިޔާ، ޖުމްލަ -/32,150,996 (ތިރީސް ދެމިލިއަން އެއްލައްކަ ފަންސާސްހާސް ނުވަސަތޭކަ ނުވަދިހަ ހައެއް) ރުފިޔާ ބަހާގޮތަށް 2022 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް 11 މެއި 2023 ގައި ބޭއްވި މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން ވަނީ ނިންމާފައެވެ.

2022 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ލިބިވަޑައިގަންނަވާނީ، މިކުންފުނިން 02 އޭޕްރިލް 2023 ގައި ކޮށްފައިވާ ނަންބަރު: MTCC-CSD/IU/2023/0074 އިޢުލާނުގައިވާ ގޮތުގެ މަތީން، 12 އޭޕްރިލް 2023 ވީ ބުދަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ޙިއްޞާދާރުންގެ ރަޖިސްޓްރީގައި ހިމެނިވަޑައިގަންނަވާ ޙިއްޞާދާރުންނަށެވެ.

11 މޭ 2023
ހޯދާ