ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ސަރވޭއިން އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް ސަރވޭއިން އޮފިސަރ

ޑިޕާޓްމަންޓް: ޕްލޭނިންގ އެންޑް ޑިވަލޮޕްމަންޓް

ޝެކްޝަން: ސަރވޭއިން އެންޑް މެޕިންގ

ބޭނުންވާ އަދަދު: 2

ތައުލީމީ ފެންވަރާއި ތަޖުރިބާ:

- މަތީ ސާނަވީ އިމްތިޙާނަކުން (އިނގިރޭސިއާއި ދިވެހި މާއްދާ ހިމަނައިގެން) 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން (އިނގިރޭސިއާއި ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ހުޅުމާލޭގެ ބިންތައް ސަރވޭކުރުމާއި، އޭގެ މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ހުޅުމާލޭގެ މެޕްތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުމުގައި އެހީތެރިވުން.

- ހުޅުމާލޭގެ ބިންތައް ސަރވޭކުރުމަށް ބޭނުންކުރެވޭ އާލާތްތައް މެއިންޓެއިންކޮށް ބެލެހެއްޓުން.

- ޖިއޮގްރެފިކް އިންފޮމޭޝަން ސިސްޓަމް "GIS" ތަރައްޤީކޮށް އަޕްޑޭޓްކުރުމުގައި އެހީތެރިވެދިނުން.

- ޕްލޭނިންގ ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތަށް ރަނގަޅަށް ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

- އޮޓޯކެޑް ބޭނުންކުރަން އެނގުމާއި، ސަރވޭ އިކުއިޕްމަންޓުތައް ބޭނުންކުރަން އެނގުން.

- އެމް.އެސް. އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

- ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

- މި ވަޒީފާއަށް މީހުން ހޮވުމުގައި، މަޤާމާ ގުޅޭ ދާއިރާއެއްގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މުސާރަ: 5000.00 ރުފިޔާ (އެލަވަންސްތަކާއެކު މަދުވެގެން މަހަކު 9830.00 ރުފިޔާ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަށް މުވައްޒަފުން ޢައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން، މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ، ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ވަޒީފާ ދާއިމީކުރެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތަކާއި، ސުންގަޑިއާއި، ހުށަހަޅަންޖެހޭ ތަން:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ވަނަވަރާއި، އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީއާއި، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެކޮޕީއާއެކު، 2015 ޖަނަވަރީ 27 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، މި ކޯޕަރޭޝަނުގެ މައި އޮފީހުންނާއި މާލޭއޮފިހުން ލިބެން ހުންނާނެއެވެ. އަދި އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                        3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                                           ނުވަތަ                             ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު: 3336755                                                                           ފޯނު: 3353535   

ފެކްސް: 3335892                                                                         ފެކްސް: 3358892

22 ޖަނަވަރީ 2015
ހޯދާ