ދިވެހިރާއްޖެ
މި ކޯޕަރޭޝަނުގެ ބޭނުމަށް މާލެއިން ގްރައުންޑް ފްލޯރއިން 500 އަކަފޫޓަށްވުރެން ކުޑަނޫން ތަނެއް، ގުދަނެއްގެ ގޮތުގައި ބޭނުންކުރުމަށް 5 އަހަރުގެ މުއްދަތަކަށް ކުއްޔައް ހިފަން ބޭނުންވެއެވެ.
ހުށަހަޅާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ތިރީގައި މިވަނީއެވެ.
# |
ޝަރުތު |
1 |
ކަރަންޓް ހުރުން |
2 |
އެންމެ މަދުވެގެން 500 އަކަފޫޓު ހުރުން |
3 |
އެންމެ ލަސްވެގެން 2023 ޖުލައި 01 އިން ފެށިގެން ބޭނުންކުރެވޭނެ ޙާލަތުގައި ހުރި ތަނެއްކަމުގައިވުން |
ވީމާ، މިފަދަ ތަނެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީހާއި ގަޑި |
ތަން |
މައުލޫމާތު ދިނުން
|
17 މޭ 2023 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް |
އީމެއިލް މެދުވެރިކޮށް |
އަންދާސީ ހިސާބު ހުށަހެޅުން (އޮފީހަށް ވަޑައިގެން) |
22 މޭ 2023 ވަނަ ދުވަހުގެ 11:00 ގައި |
މ. ކަނީރުވިލާ 2ވަނަ ފަންގިފިލާ |
ހުށަހަޅަންޖެހޭ ލިޔުންތައް:
- ކަވަރ ލެޓަރ
- ފޯމް 1 – (އެނެކްސް 1)
- ކޯޓޭޝަން
- އައިޑެންޓިޓީ ކާޑުގެ ކޮޕީ (އަމިއްލަ ފަރުދެއްނަމަ)
- ވިޔަފާރިއެއްނަމަ ރަޖިސްޓަރީގެ ކޮޕީ
- ޓެކްސް ކްލިއަރެންސް ރިޕޯޓް (ކުންފުއްޏެއްނަމަ)
- އިމާރާތުގެ ރަޖިސްޓަރީ
- ފްލޯ ޕްލޭން - ތަނުގެ ސައިޒު އެނގޭގޮތައް
- އެތިކަލް ޑިކްލެރޭޝަން ފޯމް (އެނެކްސް)
އިވަލުއޭޓުކުރުން
އަގު |
100% |
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ [email protected] އަށް އީމެއިލް ކުރައްވައިގެން ނުވަތަ 3026010 ނަންބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.