ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫގެ ބަނދަރު ސަރަހައްދުން ސިނާއީ މަސައްކަތް ކުރުމާއި ގުދަން ކުރުމުގެ މަސައްކަތަށް ބިން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުން

                           އިޢުލާން

                   ހއ.ފިއްލަދޫގެ ބަނދަރު ސަރަހައްދުން ސިނާއީ މަސައްކަތް ކުރުމާއި ގުދަން ކުރުމުގެ މަސައްކަތަށް ބިން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.

  • ބިމާއި ގުޅޭ މަޢުލޫމާތު:
  1. ބިން އޮތް ތަން: ހއ.ފިއްލަދޫ ބަނދަރު ސަރަހައްދު ( ކުރެހުމުގެ ފާހަގަކޮށްފައިވާ)
  2. ބިމުގެ ބޮޑުމިން: 10000 އަކަފޫޓް
  3. ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދު: 18 ބިން
  4. ބިމުގެ ބާވަތް: ވަގުތީ
  5. ބިމުގައި ކުރެވޭނެ މަސައްކަތް: ހަމައެކަނި ތަކެތި ގުދަންކުރުމުގެ މަސައްކަތާއި ، ޤަރާޖު ، ވޯކުސޮޕް ފަދަ މަސައްކަތް
  • ބިން ދޫކުރާ މުއްދަތު: 5 އަހަރު
  • ޕޮއިންޓް ދިނުމުގައި އަމަލު ކުރާނެ ގޮތް:
  1. ބިމުގެ ކުލި: %70 – (އެންމެ ކުޑަ އަގަކަށް ހުށައެޅޭނީ އަކަފޫޓަކަށް 0.60 ލާރިއެވެ.)
  2. މުއްދަތު: %20 – ( އެންމެ ގިނަ ޕޮއިންޓް ލިބޭނީ ދިގު މުއްދަތެއް ހުށައަޅާ ފަރާތަކަށެވެ.)
  3. މާލީ ޤާބިލްކަން: ( މާލީ ޤާބިލްކަމަށް ބެލެވޭނީ ވޭތުވެތިޔަ 3 މަސް ދުވަހު 50000.00 ރުފިޔާ ބޭންކް އެކައުންޓްގައި ހުރުމުންނެވެ.)

                             ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 18 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

                    މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.

        21 ޝައްވާލް 1444

        11 މޭ 2023

11 މޭ 2023
ހޯދާ