ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޑިޕާޓްމަންޓް: ލީގަލް އެފެއާޒް

ބޭނުންވާ އަދަދު: 1

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

-  މަތީ ސާނަވީ އިމްތިޙާނަކުން (އިނގިރޭސިއާއި ދިވެހި މާއްދާ ހިމަނައިގެން) 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން (އިނގިރޭސިއާއި ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ކޮންޓްރެކްޓްތައް ތައްޔާރުކޮށް، ކޮންޓްރެކްޓުގައި ސޮއިކުރުވުމުގެ މަސައްކަތް ކުރުން.

- ކޮންޓްރެކްޓްތައް ބެލެހެއްޓުމާއި، ކަމާބެހޭ ލިޔެކިޔުންތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

- ކޯޓަށް ހުށަހެޅަން ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

- ލީގަލް ޑިޕާޓްމަންޓަށް އަންނަ ސިޓީތަކަށް ޖަވާބުދިނުމާއި، ޑިޕާޓްމަންޓުން ފޮނުވާ ހުރިހާ ލިޔެކިޔުމެއް ތައްޔާރުކުރުން.

- ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅޭގޮތުން މުޢާމަލާތްކުރަންޖެހޭ ފަރާތްތަކާ މުޢާމަލާތްކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

- އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން.

- ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

-  އިދާރީ މަސައްކަތްކުރަން އެނގޭ، ލީގަލް ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

- މި ވަޒީފާއަށް މީހުން ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މުސާރަ: 5000.00 ރުފިޔާ (އެލަވަންސްތަކާއެކު، މަދުވެގެން މަހަކު 9510.00 ރުފިޔާ ލިބޭނެއެވެ.)

އިތުރު މަޢުލޫމާތު:

މ މިވަޒީފާތަކަށް މުވައްޒަފުން ޢައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ.  1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން، މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ، ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ވަޒީފާ ދާއިމީކުރެވޭނެއެވެ.

 ސުންގަޑި:

2015 ޖަނަވަރީ 27 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޕަރޭޝަނުގެ މައި އޮފީހުންނާއި މާލޭ އޮފިހުން ލިބެން ހުންނާނެއެވެ. އަދި މި ކޯޕަރޭޝަނުގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)  

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ލިބިފައިވާ ރިފަރެންސް ސިޓީތަކުގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

 އެޑްރެސް:

1ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                 3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                                           ނުވަތަ                      ހުޅުމާލެ، ދިވެހިރާއްޖެ            

ފޯނު:3336755                                                                     ފޯނު: 3353535      

ފެކްސް : 3335892                                                                  ފެކްސް : 3358892

22 ޖަނަވަރީ 2015
ހޯދާ