ދިވެހިރާއްޖެ
އިޢްލާން
މަޢުނަވީ ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ކައުންސިލްތަކަށް ކަމަށްވުމުން، ކޮންމެ ރަށަކުން އެރަށެއްގެ މަޢުނަވީ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް، އެފަދަ ތަރިކަތަކުގެ ރަނގަޅު ފެންވަރުގެ ފޮޓޯ / ވީޑިއޮގްރަފީ ބޭނުންވާކަމަށް އެ މަރުކަޒުން އަންގަވާފައިވެއެވެ.
ވީމާ، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ނަމުގައި މިފަދަ ގޮތަކަށް މަޢުނަވީ ސަގާފީ ތަރިކައިގެ ފޮޓޯ / ވީޑިއޯގްރަފީ ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2023 މެއި 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވާނަމަ [email protected] އަށް ދެންނެވިފައިވާ ސުންގަޑީގެކުރިން އީމެއިލް ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 6602539 އަށް ގުޅުއްވުން އެދެމެވެ.