ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މިކަމާއި ގުޅޭގޮތުން ކުރެވުނު މިއިދާރާގެ ނަމަބްރ: (IUL)416-ESMSPR/416/2023/38 (17 އެޕްރިލް 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީވެ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

އަންދާސީ ހިސާބު ބޭނުންވެއްޖެ

މަޑަވެލި އ.ތ.މ ކުރާ ކޮމިޓީގެ އިމާރަތުގައި ކުރަންހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.   

ވީމާ، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 މެއި 2023 އިން ފެށިގެން 21 މެއި 2023 ގެ 10:00 ގެ ނިޔަލަށް، ކައުންސިލް އިދާރާއަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓަރ ވުމުން ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާނާއި ގުޅިގެން ބޭއްވޭ ޕްރީބިޑް ސެޝަން 22 މެއި 2023 ވަނަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ ހޯލުގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުން30 މެއި 2023 ވަނަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާއިރު ވިޔަފާރި ރަޖިސްޓްރީ ކޮޕީ އާއެކު، މަޢުލޫމާތު ކަރުދާހުގައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅަންވާނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި، މިއިދާރާގެ ހޮޓްލައިން 9356677 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 މޭ 2023
ހޯދާ