ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
ރަށްވެހި ޕާކުގެ އިރުން މިކައުންސިލުން ތަރައްޤީ ކުރަމުންދާ ކުޑަކުދިންގެ ޕާކުގައި ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެކަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.
# |
ކުރަންޖެހޭ މަސައްކަތް |
1 |
ކުޑަކުދިންގެ ޕާކުގެ ވޯކުވޭގައި ކައުންސިލުން ގައު ދިނުމުން ގައު އަތުރާ ވޯކްވޭ ނިންމުން. |
2 |
ކައުންސިލުން ކޭބަލް އާއި ލައިޓް ދިނުމުން ކުޑަކުދިންގެ ޕާކަށް ކަރަންޓްލައި ކުރެހުމާ އެއްގޮތަށް ލައިޓްތައް ހަރުކޮށް ދިއްލުން |
3 |
ކައުންސިލުން ދޭ ކުރެހުމާ އެއްގޮތަށް ކުޑަކުދިންގެ ޕާކުގައި ފެންވަޔަރިންގެ މަސައްކަތްކުރުން. |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
# |
ޙަރަކާތް |
ތާރީޚް |
ސުންގަޑި |
ތަން |
1 |
މަޢުލޫމާތު ދިނުމާއި ބިޑް ފޯމް ދޫކުރުން |
16 މެއި 2023 (އަންގާރަ) |
13:00 |
ހޯރަފުށީ ކައުންސިލްގެ އިދާރާ |
2 |
އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން |
18 މެއި 2023 (ބުރާސްފަތި) |
13:00 |
ހޯރަފުށީ ކައުންސިލްގެ އިދާރާ |
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ޝައްވާލު 1444