ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިހްތިޞާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި 2,500 (ދެ ހާސް ފަސް ސަތޭކަ) އަކަފޫޓްގެ 50 (ފަންސާސް) ގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ، ގޯތި ބޭނުންވާ ފަރާތްތަކުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި 50 (ފަންސާސް) ގޯތީގެ ތެރެއިން 7 (ހަތެއް) ގޯތި ޚާއްސަކުރެވިފައިވަނީ، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށެވެ. އަދި ބާކީ، 43 (ސާޅީސް ތިނެއް) ގޯތި ދެވޭނީ އާންމު ރައްޔިތުންނަށެވެ.
ވީމާ، މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ "ތިލަދުންމަތީ ދެކުނުބުރީ ފިނޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2023" ގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން "ހދ. ފިނޭއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާ ފޯމް" ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ފޯމާއި، އުސޫލުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު، 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ފޯމު ހުށަހެޅުން އެދެމެވެ.
"ހދ. ފިނޭއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާ ފޯމް" ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14 މެއި 2023 ވާ އާދިއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް މި އިދާރާގެ ކައުންޓަރުންނެވެ. ހުށަހަޅާ ފޯމް ތައް ހުށަހަޅަން ޖެހޭނީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ފޯމުގެ އަސްލާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔުންތައް ފޯމާއި އެކު އެއްހީރާސްކޮށެވެ. ފޯމް ބަލައިގަތުމަށްފަހު ފޯމް ބަލައިގަތްކަމުގެ ލިޔުން ކައުންސިލުން ދޫކުރުމަށްފަހު، އިތުރު އެއްވެސް ލިޔުމެއް ނުވަތަ ލިޔުމެއްގެ ކޮޕީއެއް ފޯމާއި އެކު އެއްހީރާސްކުރުމަށް ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ. އަދި، ގޯއްޗަށް އެދި ހުށައަޅާ ފޯމް ހުށައަޅަން ހާޒިރުވާނީ ގޯއްޗަށް އެދިހުށައަޅާ ފަރާތް ނުވަތަ އެފަރާތުން ލިޔުމުން ބާރުދީފައިވާ ފަރާތެއްކަމުގައިވެސް ދެންނެވީމެވެ.
އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
މި އިޢުލާނާއެކު ތިރީގައިމިވާ ލިޔުންތައް އެއްކަރުދާސްކުރެވިފައި ވާނެއެވެ.
- ހދ. ފިނޭއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާ ފޯމް
- ތިލަދުންމަތީ ދެކުނުބުރީ ފިނޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2023
- ތަރިކައިން/ހިބައިން ލިބެން އޮތް ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
- ލިބިފައިވާ/ލިބެން އޮތް ބިން އެހެން ފަރާތަކަށް/ކައުންސިލަށް ދޫކޮށްލުމަށް ވެވޭ އިޤްރާރު
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.