ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 މެއި 16 އިން 19 އަށް މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 06:00 އަށް, ޅ.މާފިލާފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިމިނިސްޓްރީއަށް އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް : މިނީ ފްލެއަރ /ޓްރިޕް ފްލެއަރ
2. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 300 މީޓަރު
3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300 މީޓަރ
4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5 .ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ޅ.މާފިލާފުށީ.މާކޯ، މެދުފުށި އަދި މީދާހުރާ އާއި ދިމާމަތި
ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.