ދިވެހިރާއްޖެ
ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ "ޝޮޕިންގ" އުސޫލުން (ޖުމްލަ އަގު 35,000/- (ތިރީސް ފަސްހާސް) ރުފިޔާއިން ދަށުގެ) މި މިނިސްޓްރީން އެދޭ ކޭޓަރިންގ ޚިދުމަތް އަދި މަރާމާތުގެ މަސައްކަތްތަކަށް ކުރިއަށް ގެންދާ މަސައްކަތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް، ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ވެންޑަރ ލިސްޓެއް އެކުލަވާލުމުގެ މަޤްސަދަކީ މިފަދަ ޚިދުމަތް/މަސައްކަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއްދިނުމެވެ.
ވީމާ، ވެންޑަރއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން 21 މެއި 2023 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން އިޢުލާނާއެކު ހިމެނިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ފޯމުގައި ބަޔާންކުރާ ލިޔުންތަކާއެކު ރަޖިސްޓަރީވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3037301 އާ ގުޅުއްވުން އެދެމެވެ.
ވެންޑަރ ރަޖިސްޓަރީ ފޯމުގެ ލިންކް: https://forms.gle/JivT2W2kC9HrHBss9