ދިވެހިރާއްޖެ
އިޢުލާން
ރައްޔިތުންގެ އިމާރާތްތައް ކުއްޔަށް ދޫކުރުން |
މިއިދާރާގެ ބެލެހެއްޓުމުގެ ދަށުގައިވާ މިދަންނަވާ ރައްޔިތުންގެ އިމާރާތް 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޝަތު ހުޅުވާލަމެވެ.
ކުއްޔަށްދިނުމަށް ހަމަޖެހިފައިވާ އިމާރާތުގެ ތަފްޞީލް
ކުއްޔަށް ދޫކުރެވޭ ތަނުގެ ބޮޑުމިން (އަކަފޫޓް) |
ކުއްޔަށް ދޫކުރާ އިމާރާތް / ބިމަށް ހުށަހެޅޭނެ އެންމެ ކުޑައަގު |
ކުއްޔަށް ދެވޭ އިމާރާތް / ބިމުގައި ކުރެވޭނެކަންކަން |
ކުއްޔަށް ދޫކުރާ ތަނުގެ ނަން |
# |
2925 އަކަފޫޓް |
އަކަފޫޓަކަށް 1 ރުފިޔާ |
(އެކިއެކި ވިޔަފާރި ކުރުމަށް، ހޮޓާ ރެސްޓޯރަންޓް) |
އައިސްޕްލާންޓް ހިންގި އިމާރާތާއި ގޯތި |
1 |
ކުއްޔަށް ދޫކުރާ ބިމުގެ މުއްދަތު ހަމަވުމުން މުއްދަތު އިތުރުކުރެވޭނެ ގޮތް:
ރައްޔިތުންގެ އިމާރާތްތަކާއި ބިންތައް ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު ފުރަތަމަ އިސްލާޙް (PP/271/271/2023/1) ގެ 6 ވަނަ މާއްދާގެ (ބ) ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދު (ޤަވާއިދު ނަންބަރު - 2018/R-69) ގެ 11 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާގޮތުގެ މަތީން މުއްދަތު އިތުރު ކުރެވޭނީ ކުއްޔަށް ދޫކޮއްފައިވާ މުއްދަތުގެ 50 އިންސައްތަ އަށް ވުރެ އިތުރު ނުވާނެ ގޮތަކަށެވެ.
ވީމާ، ދެންނެވުނު އިމާރާތާއި ބިން ކުއްޔަށް ހިފަން ބޭނުންވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު ބީލަންފޯމް ނަންގަވާ ބީލަންފޯމް ހުށަހެޅުމަށް ދެންނެވީމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
- ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލްގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
- ރަޖިސްޓްރީވުމަށްޓަކައި "ބީލަމުގައި ރަޖިސްޓްރީވާ ފޯމް" ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ހުށަހަޅާ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ. ބިޑު ޑޮކިއުމެންޓްގެ އަގަކީ 250ރ އެވެ.
- ބީލަމުގައި ރަޖިސްޓްރީވާ ފޯމާއި ބިޑު ޑޮކިއުމެންޓަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14 މެއި 2023 (އާދީއްތަ) ދުވަހުން ފެށިގެން 21 މެއި 2023 (އާދީއްތަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 13:00 އަށް ށ.ކަނޑިތީމު ކައުންސިލް އިދާރާއަށެވެ.
- މި މުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށްފަހު ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތަކަށްވެސް ބީލަމުގައި ރަޖިސްޓްރީކޮށްދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ބިޑު ޑޮކިއުމެންޓް ފޮނުވައިދެވޭނެއެވެ.
- މި ބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބައްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- އިމާރާތްތަކާއި ބިން ކުއްޔަށް ދިނުމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
ބީލަން ހުށަހެޅުން:
- ބީލަން / ކުއްޔަށް ހިފުމަށް އެދޭފޯމާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 24 މެއި 2023 (ބުދަ) ދުވަހުގެ 13:00 އެވެ. ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި، ސުންގަޑި ހަމަވުމަށްފަހު ލިބޭ ހުށައެޅުންތައް ބަލައި ނުގަނެވޭނެއެވެ.
ޕްރޮޕޯސަލާއިއެކު ހުށަހަޅާ އެންމެހާ ލިޔެކިޔުންތައް ހުންނަވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަމްބަރާއި ކޮންކަމަކަށް ހުށަހަޅާ ޕްރޮޕޯސަލްއެއްކަން އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ.
21 ސައްވާލް 1444
11 މެއި 2023