ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއި ގުޅޭ

 

 

      

 

(IUL)258/258/2023/79ނަންބަރު:

                                                    

އިޢުލާން

 

ދިވެހި ރަށްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއި ގުޅޭ

 

        ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ ޙިދުމަތް ފުޅާކޮށް އަވަސްކަމާއެކު ރައްޔިތުންނާ ވީހާގާތުން ފޯރުކޮއްދިނުމަށްޓަކައި މިޑިޕާޓްމެންޓުން މިގެންދަނީ ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އައު އޮންލައިން ޕޯރޓަލްއެއް މިހާރުވަނީ ގާއިމު ކޮށްފައެވެ.

         ކާޑު ހައްދަން ހުށަހެޅުވުމަށް dnr.gov.mv އަށް ލޮގިންވުމަށްފަހު، އެޕްލިކޭޝަން ހުށަހެޅުއްވުމަށް އޭގައިވާ (އޮންލައިން ޕޯރޓަލްއަށް ޒިޔާރަތް ކުރެއްވުމަށް ފިއްތަވާލައްވާ) ބަޓަން އަށް ފިއްތަވާލެއްވުމުން ޕޯރޓަލް އަށް ވަދެވޭނެއެވެ. މި ޕޯރޓަލްއިން ކޮންމެ ދިވެހިރައްޔިތަކަށްވެސް އެމީހަކު ހުރި ކޮންމެތާކުން ކާޑު ހެއްދުމަށް އެދި އެޕްލިކޭޝަން ހުށަހަޅާލެވޭނެއެވެ. އަދި ކޮންމެ ރައްޔިތަކުވެސް ކާޑު ހައްދަން ހުށަހަޅަންވާނީ މި ޕޯރޓަލް އިންނެވެ. ޕޯރޓަލްއިން މަޢުލޫމާތު ފޮނުއްވާއިރު މަޢުލޫލާތު ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި ކޮންމެ މީހަކަށްވެސް އެމީހެއްގެ ކާޑު ހެއްދުމަށް ހުށަހެޅުމުގެ އިތުރުން އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ފަރާތްތަކުގެ ކާޑު ހައްދަންވެސް ހުށަހަޅާދެވޭނެއެވެ. ކާޑު ހައްދަން ހުށަހަޅާއިރު ކާޑު ނަގަން ބޭނުންވާ ރަށެއް ޕޯރޓަލްއިން ސެލެކްޓް ކުރަންވާނެއެވެ. އަދި ކާޑުގެ ސްޓޭޓަސް ޕޯރޓަލްއިން ބަލައިލެވޭނެއެވެ.

         މިގެނައި ބަދަލާއި ގުޅިގެން ކަލެކްޓިންގ ސެންޓަރތަކުން ދެމުންގެންދިޔަ ކާޑު ހަދައިދިނުމުގެ ޙިދުމަތްތައްވެސް ބަދަލުވެގެންދާނެއެވެ. މި ޕޯރޓަލްއިން ކާޑު ހެއްދުމުގެ ކަންކަން ކުރިއަށްދާން ފެށިފައިވާތީ މީގެފަހުން ކަލެކްޓިންގ ސެންޓަރުތަކުން ހަމައެކަނި ފޮނުވަންޖެހޭނީ ފިންގަރޕްރިންޓާއި ސޮއި ނަގަންޖެހޭ ހާލަތްތަކުގައި އެފަރާތެއްގެ ސޮޔާއި ފިންގަރޕްރިންޓް އެކަންޔެވެ. އެއްވެސް ފަރާތަކުން ޕޯޓަލް މެދުވެރިކޮށް ކާޑު ހެދުމަށް އެހީތެރިކަމަކަށް އެދިއްޖެނަމަ ކަލެކްޓިންގ ސެންޓަރުތަކުން އެފަރާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަކީ މި ޑިޕާރޓުމަންޓުގެ ވަރަށް ބޮޑު އެދުމެކެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފޯކަލް ޕޮއިންޓާއި ގުޅުއްވުން އެދެމެވެ.

          ކާޑު ހަދައިދިނުމުގެ އުޞޫލަށް މިއައި ބަދަލާއިއެކު ކާޑު ޙަވާލުކުރަންވާނީ ބަނޑޭރި ޕޯރޓަލްއިން ފައިސާދެއްކި ސްލިޕް ދެއްކުމުން ކާޑުގެ ވެރިފަރާތަށެވެ. ނިމިފައިވާ ކާޑުތައް ޙަވާލުކުރުމަށްޓަކައި މިޑިޕާރޓުމަންޓުން ފޮނުވާނީ ކާޑުގެ ވެރިފަރާތުން ކާޑު ނެގުމަށް ކަނޑައަޅާފައިވާ ރަށެއްގެ ކައުންސިލް އިދާރާއަށެވެ.

           ވީމާ މަތީގައިވާ ގޮތުގެ މަތިން ދިވެހިރައަޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ ކަންކަމުގައި ކަލެކްޓިވް ޕޮއިންޓްތަކުން އަމަލު ކުރުމުން ޑިޕާރޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ނަންބަރު: 133-AS/CIR/2023/1 (2023-03-7) ސާކިއުލާއިން އަންގާފައިވާތީ އެގޮތަށް އަމަލުކުރަމުން ގެންދާނެ ކަމުގައި އަންގާ އިޢުލާން ކުރަމެވެ.

 

20 ޝައްވާލް 1444

10 މެއި 2023

10 މޭ 2023
ހޯދާ