މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެމް.އާރު.ޕީ.އެސް ގެ ފަންޑް އެކައުންޓިންގ އަދި މިޑްލް އޮފީސް ސަރވިސަސްގެ މަސައްކަތްތައް އައުޓްސޯސް ކުރުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިއޮފީހުން ހިންގާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރު.ޕީ.އެސް) ގެ ފަންޑް އެކައުންޓިންގ އަދި މިޑްލް އޮފީސް ސަރވިސަސްގެ މަސައްކަތްތައް އައުޓްސޯސް ކުރުމަށް ބޭނުންވެއެވެ.

މިކަމާބެހޭ ރިކުރެސްޓް ފޯރ ޕްރޮޕޯޒަލް (އާރު.އެފް.ޕީ) ޑޮކިއުމަންޓް މިއޮފީހުގެ ވެބްސައިޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.

ލިންކް: www.pension.gov.mv/downloads/tor

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (ކޮމްޕެނީ ޕްރޮފައިލާއެކު) ތިރީގައި ބަޔާންކުރެވިފައިވާ މިއޮފީހުގެ އީމެއިލް އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އަދި 19 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ޕްރޮޕޯޒަލް ތިރީގައި ބަޔާންކުރެވިފައިވާ މިއޮފީހުގެ އީމެއިލް އެޑްރެހަށް ނުވަތަ މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ތިރީގައި ބަޔާންކުރެވިފައިވާ މިއޮފީހުގެ އީމެއިލް އެޑްރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން: 3309908 (އެކްސްޓެންޝަން: 323)

ފެކްސް: 3307759

އީމެއިލް: [email protected]

22 ޖަނަވަރީ 2015
ހޯދާ