މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
COLOMBIA SCHOLARSHIP FOR FOREIGNERS 2023

އިޢުލާން

ނަންބަރު:  IUL)475-Schol/475/2023/77)

ތާރީޚް: 10 މޭ 2023

 COLOMBIA SCHOLARSHIP FOR FOREIGNERS 2023

    

ކޮލޮމްބިއާ ސަރުކާރުގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ " ކޮލޮމްބިއާ ސްކޮލަރޝިޕް ފޮރ ފޮރިނާޒް 2023" އަށް ދިވެހި ދަރިވަރުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެފަރާތުންވަނީ އަންގަވާފައެވެ.

 

މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއި ބެހޭ އިތުރު މަޢުލޫމާތުގެ ތަފްޞީލް މި ޢިއުލާނާއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާނެއެވެ.

                    

މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 12 ޖޫން 2023 ވާ ހޯމަ ދުވަހެވެ. މި ސްކޮލަރޝިޕް ފުރުޞަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކްގައިވާ އޮންލައިން ޕޯރޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ދަންނަވަމެވެ.

https://web.icetex.gov.co/es/web/portal/becas/beca-colombia-extranjeros 

 

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

10 މޭ 2023
ހޯދާ