ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މި ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހުން ހޯދުމަށްޓަކައި 20 އޯގަސްޓް 2014 ގައި ކުރި ނަންބަރު IUL)197-A1/1/2014/34 ގެ އިޢުލާނު ބާޠިލްކޮށް، އެ މަޤާަމަށް މީހުން ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމް |
|
GS 3 |
ރޭންކް |
|
2 (ދޭއް) |
އަދަދު |
|
ސުޕްރީމް ކޯޓް |
މަސައްކަތް ކުރަންޖެހޭ ތަން |
|
މަހަކު -/4465 ރުފިޔާ |
އަސާސީ މުސާރަ |
|
- މުސާރައިގެ އިތުރުން، ސަރވިސް އެލަވަންސް -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) - ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50 - ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. - އެހެނިހެން އެލަވަންސްތައް. |
މި މަޤާމަށް ލިބޭ އެލަވަންސް |
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛ - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، GS 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. - ރަސްމީ ދުވަސްދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން. |
އަސާސީ ޝަރުޠު |
|
1- އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ހަމަޖެއްސުން. 2- އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެބޭފުޅުންގެ ޕްރޮޓޮކޯލް ބެލެހެއްޓުމުގެގޮތުން އެބޭފުޅުންގެ އަރިހުގައި ރާއްޖެތެރެއަށާއި ރާއްޖެއިންބޭރަށް ދަތުރުކުރުން. 3- އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ބޭނުންވާ އިދާރީ ކަންކަމާއި ޕްރޮޓޮކޯލާ ގުޅޭކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން. 4- އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެއާޕޯޓަށް ގޮސް ކުރަންޖެހޭ ކަންކަން ކުރުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
|
1- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް) |
ހުށަހަޅަންޖެހޭ ތަކެތި |
|
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2015 ފެބުރުވަރީ 4 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި ކޯޓަށް ފޮނުން އެދެމެވެ. |
ސުންގަޑި |
|
މި މަޤާމަށް އިންޓަވިއުކުރުން އޮންނާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، 2015 ފެބުރުވަރީ 18 ވަނަ ދުވަހުން ފެށިގެންނެވެ. | އިންޓަވިއު | |
1- މި މަޤާމަށް ހުށަހެޅޭ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން، ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި ހުނަރު ހުރިކަން އިންޓަވިއުގައިސާބިތުކޮށްދެވޭ މިންވަރެއްގެ މައްޗަށާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަން ސާބިތުކޮށްދެވޭ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ފެންނަ ފަރާތަކަށް އިސްކަންދެވޭނެއެވެ. 2- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. 3. މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު، މި ކޯޯޓުގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓުގެ އެޑްރެހަކީ www.supremecourt.gov.mv އެވެ. |
އިތުރު މަޢުލޫމާތު |
29 ރަބީޢުލްއައްޥަލް 1436