މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން ވަޒީފާގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން ވަޒީފާގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު


މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް(މިފްކޯ)ގެ ދަށުން ހިންގަމުންދާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އާއި މިފްކޯގައި އަލަށް ޤާއިމުކުރެވޭ ސެންޓަރުތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ޒުވާނުން ތަމްރީނު ކުރުމަށްޓަކައި، ތިރީގައި ދަންނަވާފައިވާ ދާއިރާތަކުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިކޮށްގެން ތަމްރީނު ކުރުމަށް ބޭނުންވެއެވެ.

އަލަށް ޤާއިމްކުރެވޭ ސެންޓަރުތައް؛

  • މީމު ފިޝަރީޒް ކޮމްޕްލެކްސް،–މ.މުލައް.
  • ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް، ގދ.ތިނަދޫ.
  • ފިޝް ކަލެކްޝަން ސެންޓަރ، ޏ.ފުވައްމުލައް.

ޒުވާނުން ބޭނުންވާ ޢަދަދު

މީމު ފިޝަރީޒް ކޮމްޕްލެކްސް، މ.މުލައް

11

ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް، ގދ.ތިނަދޫ

11

ފިޝް ކަލެކްޝަން ސެންޓަރ، ޏ.ފުވައްމުލައް

04

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ޅ.ފެލިވަރު

11

ޖުމްލަ

37

 

 

 

 

   ޒުވާނުން ތަމްރީންކުރުމަށް ބޭނުންވާ ދާއިރާތައް؛

މަގާމު:

ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ މެކޭނިކް

ބޭނުންވާ ޢަދަދު:  08 

 

މީމް ފިޝަރީޒް ކޮމްޕްލެކްސް   

ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް

ޏ.ފުވައްމުލައް ފިޝް ކަލެކްޝަން ސެންޓަރ

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

02

02

02

02

ޓްރެއިނިންގ މުއްދަތު:

 06 މަސް ދުވަސް  

ޓްރެއިނިންގ ސެންޓަރ:

މިފްކޯގެ ތިރީގައިމިވާ އޮޕަރޭޝަނަލް ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއްގައި؛

  • ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
  • ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް
  • އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ޓްރެއިނިންގ ނިންމުމަށްފަހު މަސައްކަތްކުރަންޖެހޭ ތަން:

މިފްކޯގެ ތިރީގައިމިވާ އޮޕަރޭޝަނަލް ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއްގައި؛

  • މީމު ފިޝަރީޒް ކޮމްޕްލެކްސް
  • ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް
  • ޏ.ފުވައްމުލައް ފިޝް ކަލެކްޝަން ސެންޓަރ
  • ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

އެލަވަންސް:

މަހަކު -/6,000 ރުފިޔާ

ޓްރެއިނިންގ ގަޑި:

ހެނދުނު 07:30 ން ހަވީރު 16:30 އަށް

ޝަރުތު:

އުމުރުން 18 އަހަރު ފުރިފައިވުން، އަދި

ގްރޭޑް 10 ފުރިހަމަ ކޮށްފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވަލްގެ ފެންވަރު ހުރުން

މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާ ހޯދައިދެވޭނެ ބައިތައް:

  • ވިންޑޯ އަދި ސްޕްލިޓް ޓައިޕް އެއަރ ކޮންޑިޝަން ހަރުކުރާނެ ގޮތް ދަސްކޮށްދިނުން.
  • އެއަރ ވިންޑޯ އަދި ސްޕްލިޓް ޓައިޕް އެއަރ ކޮންޑިޝަނަރުތައް މަރާމާތުކުރާނެ ގޮތް ދަސްކޮށްދިނުން.
  • ރެފްރިޖަރޭޓަރާއި، ޑީޕް ފްރީޒާ، ޑިސްޕްލޭ ޔުނިޓްތަކާއި ބޮޓަލް ކޫލާސްތަކާއި ވޯޓަރ ކޫލާސް އަދި މޮބައިލް ރެފްރިޖަރޭޝަން ޕްލާންޓް ބަލަހައްޓާނެ ގޮތް ދަސްކޮށްދިނުން
  • ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަން ސިސްޓަމްސް ތަކުގެ އިންސަޓަލޭޝަން އާއި މެއިންޓަނެންސްގެ އަންދާސީ ހިސާބު ތައްޔާރުކުރާނެ ގޮތް ދަސްކޮށްދިނުން.
  • ސެންޓްރަލް އެއަރ ކޮންޑިޝަނަރ ހަރުކުރުމުގެ މަސައްކަތްތައް ދަސްކޮށްދިނުން
  • ސެންޓްރަލް އެއަރ ކޮންޑިޝަންތައް އޮޕަރޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް
  • ކޯލްޑް ރޫމް / ފްރީޒާރ ރޫމް / އައިސް ޕްލާންޓްތައް އިންސްޓޯލް ކޮށް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތްތައް ދަސްކޮށްދިނުން
  • ޓްރަކް ފްރީޒާ ޔުނިޓްތައް އިންސްޓާލް ކުރުމާއި ސަރވިސްކުރާނެ ގޮތް ދަސްކޮށްދިނުން
  • ރެފްރިޖަރެންޓް ރިކަވަރީ އެންޑް ރީ ސައިކަލްއިންގެ މަސައްކަތްތައް ދަސްކޮށްދިނުން.
  • ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގގެ ރިޕެއަރ، އަޕްގްރޭޑިންގ އަދި އިންސްޓޮލޭޝަން މަސައްކަތުގެ ރިކޯރޑްސް އަޕްޑޭޓްކޮށް ބަލަހައްޓާނެ ގޮތްތައް.
  • ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގގެ ސޭފްޓީ އިންސްޕެކްޓް ކުރުމާއި، އިންސްޓޯލް ކުރެވިފައިވަނީ ކަނޑައެޅިފައިވާ ސަލާމަތީ މިންގަނޑު ތަކާއި އެއްގޮތަށްތޯ ޔަޤީން ކުރާނެ ގޮތްތައް.
  • ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ އަށް ދިމާވާ މައްސަލަތައް ބަލައި ހައްލު ކުރާނެ ގޮތް ދަސްކޮށްދިނުން
  • މަސައްކަތްކުރާ ޓީމާއި ގުޅިގެން މަސައްކަތް ކުރާނެ ގޮތް ދަސްކޮށްދިނުން އަދި މަސައްކަތު މާހައުލުގައި ދިމާވެދާނެ ކަންކަމާއި ބެހޭ ގޮތުން ހޭލުންތެރިކުރުވުން.

  

ސަނަދު

މި ޕްރޮގްރާމް ފުރިހަމަކޮށް، ކަނޑައަޅާ މިންގާނޑާއި އެއްވަރަށް ފާސްވާ ފަރާތްތަކަށް  "ނޭޝަނަލް ސަރޓިފިކެޓް 3 އިން ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކް"  ސެޓްފިކެޓް ލިބޭނެއެވެ.

 

 

މަގާމު:

މެކޭނިކަލް އިންޖިނިއަރ / މެރިން މެކޭނިކް

ބޭނުންވާ ޢަދަދު:   08 

މީމް ފިޝަރީޒް ކޮމްޕްލެކްސް   

ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

03

03

02

ޓްރެއިނިންގ މުއްދަތު:

06 މަސް ދުވަސް 

ޓްރެއިނިންގ ސެންޓަރ:

މިފްކޯގެ ތިރީގައިމިވާ އޮޕަރޭޝަނަލް ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއްގައި؛

  • ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
  • ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް
  • އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ޓްރެއިނިންގ ނިންމުމަށްފަހު މަސައްކަތްކުރަންޖެހޭ ތަން:

މިފްކޯގެ ތިރީގައިމިވާ އޮޕަރޭޝަނަލް ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއްގައި؛

  • މީމު ފިޝަރީޒް ކޮމްޕްލެކްސް
  • ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް
  • ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

އެލަވަންސް:

މަހަކު -/6,000 ރުފިޔާ

ޓްރެއިނިންގ ގަޑި:

ހެނދުނު 07:30 ން ހަވީރު 16:30 އަށް

ޝަރުތު:

އުމުރުން 18 އަހަރު ފުރިފައިވުން، އަދި

ގްރޭޑް 10 ފުރިހަމަ ކޮށްފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވަލްގެ ފެންވަރު ހުރުން

މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާ ހޯދައިދެވޭ ބައިތައް:

  • ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ސާމާނު އޮޕަރޭޓްކޮށް އުޅަނދު ދޫކޮށްލާ ހާލަތްތަކުގައި ސަވައިވަލް ޓެކްނިކްސް ބޭނުންކުރާނެ ގޮތް ދަސްކޮށް ދިނުން
  • މަސައްކަތުގެ މާހައުލުގައި ބޭނުންކުރާ ސާމާނު ބެލެހެއްޓުމާއި ވޯކް ޝޮޕްގެ އަސާސީ ހިސާބުތައް ބަލަހައްޓާނެ ގޮތް ދަސްކޮށްދިނުން.
  • ވޯކް ޝޮޕްގެ މަސައްކަތްތައް މެއިންޓައިން ކުރާނެ ގޮތް ދަސްކޮށް ދިނުން.
  • ޓެކްނިކަލް ކުރެހުންތައް ދިރާސާ ކުރާނެގޮތް ދަސްކޮށްދިނުން
  • ޕަވަރ ޓޫލްތައް ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދިނުން
  • އިންބޯޑް އަދި އައުޓްބޯޑް އިންޖީނާއި ޕްރޮޕަލްޝަން ޓްރާންސްމިޝަން ސިސްޓަމްތައް އޮޕަރޭޓް ކޮށް ބަލަހައްޓާނެ ގޮތް ދަސްކޮށްދިނުން.
  • ބެޓެރި ބަދަލުކުރުމާއި ސާރވިސް ކުރުމާއި ޓެސްޓްކުރާނެ ގޮތް ދަސްކޮށްދިނުން.
  • ހަލް މެއިޓަނެންސް ކުރާނެ ގޮތް ދަސްކޮށްދިނުން.
  • ޓްރާންސްމިޝަން ސިސްޓަމް ރިޕެއަރ ކުރާނެ ގޮތް ދަސްކޮށްދިނުން.
  • އާރް.އޯ ޕްލާންޓް މޮނިޓަރ ކުރުމާއި އޮޕަރޭޓް ކުރާނެ ގޮތް ދަސްކޮށްދިނުން.
  • އޭ.ސީ ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި މަރާމާތުކުރާނެ ގޮތް ދަސްކޮށްދިނުން.
  • މެރިޓައިމް ޓެލެކޮމިއުނިކޭޝަން ސިސްޓަމްތަކާއި ނެވިގޭޝަނަލްއެއިޑްސް ބަލަހައްޓާނެ ގޮތް ދަސްކޮށްދިނުން.
  • ޑީސަލް ފިއުލް ސިސްޓަމް ސާރވިސްކުރާނެ ގޮތް ދަސްކޮށްދިނުން.
  • އިންޖީނުގެ ފެންޕަންޕް އޮޕަރޭޓްކޮށް ޚިދުމަތް ދޭނެ ގޮތް ދަސްކޮށްދިނުން.
  • ޑީސަލް ޕެޓްރޯލް އިލެކްޓްރިކް ޖަނަރޭޓަރު އޮޕަރޭޓްކޮށް ޚިދުމަތް ދޭނެ ގޮތް ދަސްކޮށްދިނުން.
  • އިންބޯޑް އައުޓް ބޯޑް އިންޖީންތައް ސަރވިސްކުރުމާއި އިސްޕެކްޓްކުރާނެ ގޮތް ދަސްކޮށްދިނުން
  • ސާރވިސް ކޫލިނގް ސިސްޓަމް އިންސްޕެކްޓް ކުރާނެ ގޮތާއި ސަރވިސް ކުރާނެ ގޮތް ދަސްކޮށްދިނުން.
  • ޕެޓްރޯލް ފިއުލް ސިސްޓަމްސް ސަރވިސްކުރާނެ ގޮތް ދަސްކޮށްދިނުން.
  • މެރިން ޓްރާންސްމިޝަންސް އަދި ޕްރޮޕެލެންސް އިންސްޕެކްޓްކޮށް ޚިދުމަތް ދޭނެ ގޮތް ދަސްކޮށްދިނުން ( އައުޓް ބޯޑް އަދި ސްޓާން ޑްރައިވް)
  • މެރިން އިލެކްޓްރިކަލް ސިސްޓަމް މަރާމާތުކޮށް އިންސްޕެކްޓް ކުރާނެ ގޮތް ދަސްކޮށްދިނުން.
  • އިންޖީންގެ ބްލޮކްތަކާއި ސަބް އެސެމްބްލީތައް ނައްތާލައި އިވެލުއޭޓް ކުރާނެ ގޮތް ދަސްކޮށްދިނުން.
  • އިންޖީން އޯވަރ ހޯލް ކުރާނެ ގޮތާއި އެއާއި ގުޅޭ އެހެނިހެން ކަންތައްތައް ދަސްކޮށްދިނުން.

ސަނަދު

މި ޕްރޮގްރާމް ފުރިހަމަކޮށް، ކަނޑައަޅާ މިންގާނޑާއި އެއްވަރަށް ފާސްވާ ފަރާތްތަކަށް  "ނޭޝަނަލް ސަރޓިފިކެޓް 3 އިން މެރިން މެކޭނިކް"  ސެޓްފިކެޓް ލިބޭނެއެވެ.

 

 

މަގާމު:

އޮޓޮމޯޓިވް މެކޭނިކް

ބޭނުންވާ ޢަދަދު:  06

މީމް ފިޝަރީޒް ކޮމްޕްލެކްސް   

ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

02

02

02

ޓްރެއިނިންގ މުއްދަތު

 06 މަސް ދުވަސް

ޓްރެއިނިންގ ސެންޓަރ:

މިފްކޯގެ ތިރީގައިމިވާ އޮޕަރޭޝަނަލް ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއްގައި؛

  • ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
  • ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ޓްރެއިނިންގ ނިންމުމަށްފަހު މަސައްކަތްކުރަންޖެހޭ ތަން:

މިފްކޯގެ ތިރީގައިމިވާ އޮޕަރޭޝަނަލް ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއްގައި؛

  • މީމު ފިޝަރީޒް ކޮމްޕްލެކްސް
  • ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް
  • ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

އެލަވަންސް:

މަހަކު -/6,000 ރުފިޔާ

ޓްރެއިނިންގ ގަޑި:

ހެނދުނު 07:30 ން ހަވީރު 16:30 އަށް

ޝަރުތު:

އުމުރުން 18 އަހަރު ފުރިފައިވުން، އަދި

ގްރޭޑް 10 ފުރިހަމަ ކޮށްފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވަލްގެ ފެންވަރު ހުރުން

މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާ ހޯދައިދެވޭ ބައިތައް:

  • ވޯކްޝޮޕް ބަލަހައްޓާނެ ގޮތް ދަސްކޮށްދިނުން.
  • މަސައްކަތުގެ މާހައުލުގައި ބޭނުންކުރާ ސާމާނު ބަލަހައްޓާނެ ގޮތް ދަސްކޮށްދިނުން.
  • ވޯކްޝޮޕްގެ އަސާސީ ހިސާބުތައް ތައްޔާރުކުރާނެ ގޮތް ދަސްކޮށްދިނުން
  • މަސައްކަތުގެ މާހައުލުގައި މުއާމަލާތްކުރާނެ ގޮތް ދަސްކޮށްދިނުން.
  • ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތް ދަސްކޮށްދިނުން
  • ވެހިކަލް ޕަރކް ކުރާނެ ގޮތާއި މޫވް ކުރާނެ ގޮތް ދަސްކޮށްދިނުން.
  • ވެހިކަލް ސަރވިސް ކުރާނެ ގޮތާއި ވެހިކަލްތަކުގެ އިންޖީނު އިންސްޕެކްޓްކުރާނެ ގޮތް ދަސްކޮށްދިނުން.
  • ވެހިކަލް އާއި ވެހިކަލްގެ އެތެރެ ދޮވެ ސާފްކުރާނެ ގޮތް ދަސްކޮށްދިނުން
  • ކޫލިން ސިސްޓަމް އިންސްޕެކްޓްކުރާނެ ގޮތާއި ސާވިސް ކުރާނެ ގޮތް ދަސްކޮށްދިނުން.
  • ޕެޓްރޯލް ފިއުލް ސިސްޓަމް ސަރވިސްކޮށް ބަލަހައްޓާނެ ގޮތް ދަސްކޮށްދިނުން
  • ސްޓިއަރިންގ ސިސްޓަމް ސަރވިސްކޮށް އިންސްޕެކްޓް ކުރާނެ ގޮތް ދަސްކޮށްދިނުން
  • މެނުއަލް ޓްރާންސްމިޝަން ސަރވިސްކޮށް އިންސްޕެކްޓް ކުރާނެ ގޮތް ދަސްކޮށްދިނުން.
  • އޮޓޮމެޓިކް ޓްރާންސްމިޝަން ސަރވިސްކޮށް އިންސްޕެކްޓް ކުރާނެ ގޮތް ދަސްކޮށްދިނުން.
  • ބްރޭކިންގ ސިސްޓަމްގެ ބައިތައް ސަރވިސްކޮށް އިންސްޕެކްޓް ކުރާނެ ގޮތް ދަސްކޮށްދިނުން.
  • އިލެކްޓްރިކް ސިސްޓަމްގެ ބައިތައް ސަރވިސްކޮށް އިންސްޕެކްޓް ކުރާނެ ގޮތް ދަސްކޮށްދިނުން.
  • ޑްރައިވް އެސެމްބްލީގެ ބައިތައް ސަރވިސް ކޮށް އިންސްޕެކްޓް ކުރާނެ ގޮތް ދަސްކޮށްދިނުން.
  • އޮޓޯ އެއަރ ކޮންޑިޝަނިންގެ ބައިތައް ސަރވިސް ކޮށް އިންސްޕެކްޓް ކުރާނެ ގޮތް ދަސްކޮށްދިނުން.
  • ހައިޑްރޯލިކް ސިސްޓަމް ސަރވިސް ކޮށް އިންސްޕެކްޓް ކުރާނެ ގޮތް ދަސްކޮށްދިނުން.

ސަނަދު

މި ޕްރޮގްރާމް ފުރިހަމަކޮށް، ކަނޑައަޅާ މިންގާނޑާއި އެއްވަރަށް ފާސްވާ ފަރާތްތަކަށް  " ނޭޝަނަލް ސަރޓިފިކެޓް 3 އިން އޮޓަމޯޓިވް މެއިންޓަނެންސް"  ސެޓްފިކެޓް ލިބޭނެއެވެ.

 

 

މަޤާމު

އިލެކްޓްރީޝަން

ބޭނުންވާ ޢަދަދު:  06

މީމް ފިޝަރީޒް ކޮމްޕްލެކްސް   

ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

02

02

02

ޓްރެއިނިންގ މުއްދަތު

 06 މަސް ދުވަސް

ޓްރެއިނިންގ ސެންޓަރ:

މިފްކޯގެ ތިރީގައިމިވާ އޮޕަރޭޝަނަލް ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއްގައި؛

  • ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
  • ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް
  • އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ޓްރެއިނިންގ ނިންމުމަށްފަހު މަސައްކަތްކުރަންޖެހޭ ތަން:

މިފްކޯގެ ތިރީގައިމިވާ އޮޕަރޭޝަނަލް ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއްގައި؛

  • މީމު ފިޝަރީޒް ކޮމްޕްލެކްސް
  • ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް
  • ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

ޓްރެއިނިންގ ގަޑި:

ހެނދުނު 07:30 ން ހަވީރު 16:30 އަށް

ޝަރުތު:

އުމުރުން 18 އަހަރު ފުރިފައިވުން، އަދި

ގްރޭޑް 10 ފުރިހަމަ ކޮށްފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވަލްގެ ފެންވަރު ހުރުން

މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާ ހޯދައިދެވޭ ބައިތައް:

  • ޑޮމެސްޓިކް ސިންގަލް ފޭސް އަދި ތްރީ ފޭސް އިލެކްޓްރިކަލް ވަޔަރިންގ ގެ މަސައްކަތްތައް ދަސްކޮށްދިނުން.
  • ކަރަންޓް އިންސްޓޮލޭޝަންތައް އިންސްޕެކްޓް ކުރުމާއި، ފޯލްްޓްފައިންޑިންގ އަދި މަރާމާތު ކުރަން ދަސްކޮށްދިނުން.
  • އިލެކްޓްރިކަލް އިންސްޓޮލޭޝަންއަށް ބޭނުންވާ މެޓީރިއަލް ރިކުއަރމެންޓް އަންދާޒާކުރާނެގޮތް ދަސްކޮށްދިނުން.
  • އިންޑަސްޓްރިއަލް އިލެކްޓްރިކަލް އިންސްޓޮލޭޝަން ކުރިއަށްގެންދާނެ ގޮތް ދަސްކޮށްދިނުން.
  • އިންޑަސްޓްރިއަލް އިލެކްޓްރިކަލް އިންސްޓޮލޭޝަންސް އިންސްޕެކްޓް ކުރުމާއި، ޓެސްޓްކުރުމާއި، ޓްރޭސްކޮށް މަރާމާތުކުރާނެގޮތް ދަސްކޮށްދިނުން.
  • ކަރަންޓް ކޮންޓްރޯލް ސިސްޓަމާއި، ޕްރޮޓެކްޓިވް ސްވިޗްގިއަރ އިންސްޓޯލްކުރުމާއި، މަރާމާތުކުރުން ނުވަތަ ބަދަލުކުރާނެ ގޮތް ދަސްކޮށްދިނުން.
  • ޕްރޮގްރާމަބަލް ކޮންޓްރޯލް ސިސްޓަމްތައް މަރާމާތުކުރުމާއި ސާވިސް ކުރާނެ ގޮތް ދަސްކޮށްދިނުން.

ސަނަދު

މި ޕްރޮގްރާމް ފުރިހަމަކޮށް، ކަނޑައަޅާ މިންގާނޑާއި އެއްވަރަށް ފާސްވާ ފަރާތްތަކަށް  "ނޭޝަނަލް ސަރޓިފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނެންސް"  ސެޓްފިކެޓް ލިބޭނެއެވެ.

 

 

މަޤާމު

ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރ

ބޭނުންވާ ޢަދަދު: 08

މީމް ފިޝަރީޒް ކޮމްޕްލެކްސް   

ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް

ފުވައްމުލަކު ފިޝް ކަލެކްޝަން ސެންޓަރ

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

02

02

02

02

ޓްރެއިނިންގ މުއްދަތު

 06 މަސް ދުވަސް

ޓްރެއިނިންގ ސެންޓަރ:

މިފްކޯގެ ތިރީގައިމިވާ އޮޕަރޭޝަނަލް ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއްގައި؛

  • ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
  • ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް
  • އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ޓްރެއިނިންގ ނިންމުމަށްފަހު މަސައްކަތްކުރަންޖެހޭ ތަން:

މިފްކޯގެ ތިރީގައިމިވާ އޮޕަރޭޝަނަލް ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއްގައި؛

  • މީމު ފިޝަރީޒް ކޮމްޕްލެކްސް
  • ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް
  • ޏ.ފުވައްމުލައް ފިޝް ކަލެކްޝަން ސެންޓަރ
  • ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

ޓްރެއިނިންގ ގަޑި:

ހެނދުނު 07:30 ން ހަވީރު 16:30 އަށް

ޝަރުތު:

އުމުރުން 18 އަހަރު ފުރިފައިވުން، އަދި

ގްރޭޑް 10 ފުރިހަމަ ކޮށްފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވަލްގެ ފެންވަރު ހުރުން

މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާ ހޯދައިދެވޭ ބައިތައް:

  • މެޝިނަރީސް އާއި އިކުއިޕްމެންޓް އޮޕަރޭޓްކުރުން
  • މަސްސާފުކުރާ ތަން ސާފްކުރުމާއި، ސެނަޓައިޒް ކުރަން ދަސްކޮށްދިނުން.
  • މަސްކެނޑުމަށް ބޭނުންވާ އަސާސީ ހުނަރު ދަސްކޮށްދިނުން.
  • ސެންޓަރަށް ގަންނަ މަސް ހެސަޕް ސިސްޓަމާއި އެއްގޮތަށް ރައްކާތެރިކަމާއި އެކު ގެންގުޅޭނޭގޮތް ދަސްކޮށްދިނުން.
  • މަހުގެ ބާވަތްތައް ރައްކާތެރިކަމާއިއެކު ޕެކްކުރާނެގޮތް ދަސްކޮށްދިނުން.
  • މަހުގެ ކޮލިޓީ ކޮންޓްރޯލްކުރުމާއި މެއިންޓެއިން ކުރާނެގޮތް ދަސްކޮށްދިނުން.
  • މަސްދަޅު ބަންދުކުރުމުގެ މަސައްކަތް ދަސްކޮށް ދިނުމާއި މަސްދަޅު ސްޓެރަލައިޒް ކުރާނެ ގޮތް ދަސްކޮށްދިނުން.

ސަނަދު

މި ޕްރޮގްރާމް ފުރިހަމަކޮށް، ކަނޑައަޅާ މިންގާނޑާއި އެއްވަރަށް ފާސްވާ ފަރާތްތަކަށް  "ނޭޝަނަލް ސަރޓިފިކެޓް 3 އިން ފިޝް ޕްރޮސެސިންގ އެންޑް ކުއަލިޓީ ކޮންޓްރޯލް"  ސެޓްފިކެޓް ލިބޭނެއެވެ.

 

 

މަޤާމު

އެގްރިކަލްޗަރ އޮފިސަރ

ބޭނުންވާ ޢަދަދު: 

01

ޓްރެއިނިންގ މުއްދަތު

 06 މަސް ދުވަސް

ޓްރެއިނިންގ ސެންޓަރ:

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

ޓްރެއިނިންގ ނިންމުމަށްފަހު މަސައްކަތްކުރަންޖެހޭ ތަން:

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

ޓްރެއިނިންގ ގަޑި:

ހެނދުނު 07:30 ން ހަވީރު 16:30 އަށް

ޝަރުތު:

އުމުރުން 18 އަހަރު ފުރިފައިވުން، އަދި

ގްރޭޑް 10 ފުރިހަމަ ކޮށްފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވަލްގެ ފެންވަރު ހުރުން

މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާ ހޯދައިދެވޭ ބައިތައް:

  • ދަނޑުވެރިކަމުގައި ގެންގުޅޭ މަސައްކަތު ސާމާނުތައް ގެންގުޅޭނޭގޮތް ދަސްކޮށްދިނުން.
  • ނާސަރީ ޝެޑް އަޅާނެގޮތް ދަސްކޮށްދިނުން.
  • ރާއްޖޭގެ މާހައުލަށް އެކަށީގެންވާ ގަސްތަކުގެ މަޢުލޫމާތު ހޯދާނެގޮތް ދަސްކޮށްދިނުން.
  • ދަނޑުބިން ތައްޔާރު ކުރުމުގެ މަސައްކަތް ދަސްކޮށްދިނުން.
  • ގަސް އިންދާނެގޮތާއި ގަސްބަލަހައްޓާނެ ގޮތުގެ އިތުރުން ގަސްތަކަށްޖެހޭ ބަލިތައް ދެނެގަތުމާއި، ޕެސްޓްކޮންޓްރޯލް ކުރާނެގޮތް ދަސްކޮށްދިނުން.
  • ގަސްއިންދަންބޭނުންވާ ފަސްގަނޑު ތައްޔާރުކުރާނެގޮތް ދަސްކޮށްދިނުން.
  • ބޭސިކް ހައިޑްރޯފޯނިކް ސިސްޓަމެއް ޤާއިމުކުރާނެގޮތް ދަސްކޮށްދިނުން.

ސަނަދު

މި ޕްރޮގްރާމް ފުރިހަމަކޮށް، ކަނޑައަޅާ މިންގާނޑާއި އެއްވަރަށް ފާސްވާ ފަރާތްތަކަށް  "ނޭޝަނަލް ސަރޓިފިކެޓް 3 އިން އެގްރިކަލްޗަރ"  ސެޓްފިކެޓް ލިބޭނެއެވެ.

 

 

އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ތަޢުލީމް

40%

މަސައްކަތު ތަޖުރިބާ

20%

ކޯސްތަކާއި އެހެނިހެން ތަމްރީންތައް

20%

އިންޓަރވިއު

20%

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. އެޕްރެންޓިސްޝިޕްގައި ބައިވެރިވުމަށް އެދޭ ފޯމް.
  2. ޓްރެއިނިންގ ގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  5. ޕާސްޕޯޓް ސައިޒުގެ ފޮޓޯ (ސޮފްޓް)
  6. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް އެދި ލިޔުންތަކާއެކު ފޯމް ހުށަހަޅުއްވާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ. 

https://forms.gle/igGxgmBxJCSNnFU98

 

 ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

އީމެއިލް ކުރައްވާނަމަ، ހުރިހާ ލިޔުންތައް އެއް ޕީޑީއެފް ފައިލެއްގެ ގޮތުގައި ހުށަހެޅުމަށް ދަންނަވަމެވެ.

ސުންގަޑި

އެޕްލިކޭޝަން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 31 މެއި 2023 ވަނަ ދުވަހުގެ  14:00 އެވެ.

ޝޯޓް ލިސްޓްކުރުން

މަތީގައި ބަޔާންކުރެވުނު ޕްރޮގްރާމްތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެޕްރޮގްރާމަކަށް ކަނޑައެޅިފައިވާ ޢަދަދަށްވުރެ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު އިތުރުވާނަމަ، އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭފަރާތްތަކެވެ.

އެހެނިހެން

  1. ހުށަހަޅާ މަގާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި، ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަން ބާތިލްކުރެވޭނެއެވެ.
  2. މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.
             

 

09 މޭ 2023
ހޯދާ