ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމު:
|
އެމް.އެސް 1
|
ރޭންކު: |
ސީނިއަރ އޮފިސަރ ގްރޭޑް 1
|
ކްލެސިފިކޭޝަން: |
އޮފިޝަލްސް އެންޑް އެޑްމިނިސްޓްރޭޝަން |
ސަރވިސް: |
ދާއިމީ
|
މަޤާމުގެ ގިންތި:
|
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ |
އޮފީސް / އިދާރާ: |
ކޯޕަރޭޓް އެފެއާޒް
|
ސެކްޝަން: |
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ |
ވަޒީފާއަދާކުރަން ޖެހޭ ތަން: |
5,610.00 ރުފިޔާ (މަހަކު) |
މުސާރަ: |
2,000.00ރުފިޔާ (މަހަކު) |
ސަރވިސް އެލެވަންސް: |
1 |
ބޭނުންވާ އަދަދު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 78 ވަނަ ނަންބަރުގައިވާ ޒިންމާދާރު ވެރިޔާގެ މަސްޢޫލިއްޔަތުތައް އަދާކުރުން.
- ދިވެހި ސިވިލް ސަރވިސް ޤާނޫނުގައި ޒިންމާދާރު ވެރިޔާއާ ގުޅުންހުރި އެންމެހައި މަސްޢޫލިއްޔަތުތައް އަދާކުރުން.
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 10 ގައިވާ ޒިންމާދާރުވެރިޔާގެ މަސްޢޫލިއްޔަތުތައް އަދާކުރުން.
- ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޒިންމާދާރުވެރިޔާ އުފުލަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.
- މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ ހިންގުމުގެ ގަވާއިދުގައި ޒިންމާދާރުވެރިޔާ އުފުލަންޖެހޭ އެންމެހައި މަސްޢޫލިއްޔަތުތައް އަދާކުރުން.
- ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން ނެރުއްވާ ޒިންމާދާރުވެރިޔާއާ ގުޅުންހުރި އެންމެހައި ސަރކިއުލަރތަކާއި، ސިވިލް ސރަވިސް ކޮމިޝަނުން އަންގާ އެންގުތަކަށް ފުރިހަމައަށް އިޖާބަދީ، އެކަންކަން ރާވައި ހިންގުން.
- ރަށު ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާއާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައްކުރުން.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ އެލަވަންސާއި، ރަމަޟާންމަހުގެ ޢިނާޔަތް ދެވޭނެއެވެ.
|
އުޖޫރާއާއި ޢިނާޔަތް: |
- ލިބިފައިވާ ތަޢުލީމާއި ތަމްރީން.
- ލިބިފައިވާ މަސައްކަތު ތަޖުރިބާ.
- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވަ އިންޓަވިއު އޮންނަ ތަނާއި، ތާރީޚާއި، ދުވަހާއި، ގަޑި، މަސައްކަތު 5 ދުވަހުގެ ކުރިން، އެޕްލިކޭޝަން ހުށައަޅާފައިވާ ފަރާތްތަކަށް މި ކައުންސިލުން އަންގާނެއެވެ.
|
އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:
|
2015 ފެބުރުވަރީ 1 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން، ކިނޮޅަހު ކައުންސިލްގެ އިދާރާއަށް އެޕްލިކޭޝަން ފޯމު ހުށައެޅުން އެދެމެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ކިނޮޅަހު ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް ww.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑެޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސްފުރިހަމަކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވަފައިވާ ލިޔުމުގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ކިނޮޅަހު ކައުންސިލްގެ 6580073 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580073 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
|
އިތުރު މަޢުލޫމާތު:
|
27 ރަބީޢުލްއައްވަލް 1436
|