ދިވެހިރާއްޖެ
ޚިދުމަތުގައި ތިއްބެވި މުދައްރިސުން ޑިގްރީ ފެންވަރަށް ތަމްރީނު ކޮށްދޭނެ ފަރާތެއް ހޯދުނ
ސަރުކާރު ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުންނަކީ ޤާބިލު ޓީޗަރުންނަށް ހެދުމުގެ ސިޔާސަތުގެ ދަށުން ޚިދުމަތުގައި ތިބި ޓީޗަރުން ޑިގްރީ ފެންވަރަށް ގެނައުމަށްޓަކައި ކޯސްތައް ހިންގައިދޭން ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޢުލީމާއި ތަމްރީނުދޭ ކޮލެޖް/ޔުނިވަރސިޓީތަކަށް ކުރިމަތިލެވޭނެއެވެ. މި ޕްރޮގްރާމުގެ ދަށުން ގާތްގަނޑަކަށް 2000 ޓީޗަރުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޓްރެއިނިންގ ހިންގަން ޝައުޤުވެރިވާ ފަރާތްތަކުން ޓެކްނިކަލް ޕްރޮޕޯޒަލަކާއި ކޮސްޓް ޕްރޮޕޯޒަލެއް ހުށަހަޅާންވާނެއެވެ.
ޓެކްނިކަލް ޕްރޮޕޯޒަލް:
މިޕްރޮޕޯޒަލްގައި މިމަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތަފުސީލު ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޔުނިވަސިޓީ/ކޮލެޖުގެ ވަނަވަރާއި މިކަމާބެހޭގޮތުން ގުޅާނެ ފަރާތެއްގެ މަޢުލޫމާތު ހިމެނިފައިވާނެއެވެ.
ކޮސްޓް ޕްރޮޕޯޒަލް
ހުށަހަޅާ ފަރާތުގެ ތަފުސީލު ބަޖެޓް، ވާރކްޕްލޭނުގެ ކޮންމެ ބައެއްގެ ތަފުސީލު ޚަރަދު އެނގެން އޮންނަންވާނެއެވެ.
ޕްރޮޕޯޒަލް ހުށަހަޅާނެގޮތް
ޕްރޮޕޯޒަލް ހުށަހަޅާއިރު ހާޑް ނުވަތަ ސޮފްޓް ކޮޕީ ހުށަހެޅޭނެއެވެ.
ސޮފްޓްކޮޕީ ހުށަހަޅާނީ [email protected] އަށެވެ
ހާޑްކޮޕީ ހުށަހަޅާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ޣާޒީބިލްޑިންގގެ 2 ވަނަ ފަންގިފިލާ
އަމީރު އަޙުމަދު މަގު 20125
ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު
5 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 14:30 ގެ ކުރިންނެވެ.
ކޮންޓްރެކްޓްގެ މުއްދަތު
12 ފެބުރުވަރީ 2015 އިން ފެބުރުވަރީ 2020 ގެ ނިޔަލަށް
މަޢުލޫމާތު ސާފުކުރުން
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް:
http://www.moe.gov.mv/assets/upload/TOR_for_Teacher_Training_for_Bachelors_Degree.pdf
ނޯޓް: މަތީގައި ދެންނެވިފައިވާ އެޑްރެސްތައް ނޫން އެޑްރެހަކަށް ފޮނުވޭ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ 3312567 ނަންބަރު ފޯނާއެވެ
27 ރަބީޢުލްއައްވަލް 1436