އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އޮޕަރޭޝަންސް މެނޭޖަރ

ވަޒީފާގެ ފުރުސަތު

 

 ނަންބަރު:IUMH-AD/I/2023/003

މަޤާމު:

އޮޕަރޭޝަންސް މެނޭޖަރ

 ބޭނުންވާ ޢަދަދު : 1

މުސާރަޔާއި އިނާޔަތްތައް:

  • އަސާސީ މުސާރަ: 6,000.00 ރުފިޔާ
  • ސަރވިސް އެލަވަންސް: 5,000.00 ރުފިޔާ
  • އެޓެންޑެންސް އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 130.00 ރުފިޔާ
  • ފޯނު އެލަވަންސް: 300.00

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައި.ޔޫ.އެމް ހޯލްޑިންގސް ޕވޓ.ލޓޑ

މަޤާމުގެ ޝަރްޠުތައް:

އޮފީސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ކުން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު އޮފީސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

އޮފީސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ކުން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު އޮފީސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އައިޔޫއެމް ހޯލްޑިންގސްއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ އައިޔޫއެމްގެ ހުރިހާ ލަރނިންގ ސެންޓަރތަކާއި އައުޓް ރީޗް ސެންޓަރތައް ހިންގުމާއި ކުރިއެރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ލަރނިންގެ ސެންޓަރތައް ކުރިއެރުވުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  • އައިޔޫއެމް ލަރނިންގ ސެންޓަރުތަކަށާއި އައުޓްރީޗް ސެންޓަރ ތަކަށް ފޮނުވާ ލެކްޗަރާރުންގެ ޓިކެޓިންގއާއި ދަތުރުފަތުރާއި ހުރުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  • ދިވެހިރާއްޖެއާއި ދިވެހިރާއްޖޭން ބޭރަށް ދާ މީހުންގެ ދަތުރުތަކުގެ އެންމެހައި ކަންކަން ހަމަޖެއްސުން.
  • އައިޔޫއެމް ހޯލްޑިންގސްގެ ޕްރޮކިއުމަންޓްސް އަދި މެއިންޓަނަންސްގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  • އައިޔޫއެމް ހޯލްޑިންގްސްގެ އިދާރީ ކަންކަން ކުރުމަށް އެހީތެރިވެދިނުން.
  • މަޤާމުގެ ހައިސިއްޔަތުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަވާލުކުރައްވާ އެހެނިހެން މަސައްކަތްތައް ކުރުން.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓާ)
  2. ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  3. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5. އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާއި ގުޅޭ މައުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން އީމެއިލް ކުރައްވާނީ [email protected] އަށެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 މެއި 2023 ވަނަ ދުވަހުގެ 14:00 އެވެ.

އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. އަދި އިންޓަރވިޔުއަށް އަންނައިރު ތަޢުލީމީ ސެޓުފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

އެހެނިހެން

  • ވަޒީފާއަށް މީހަކު ހޮވުމުގައި މެނޭޖްމަންޓް ދާއިރާގެ ތަޖްރިބާއަށް އިސްކަން ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވޭ ފަރާތަކުން އެހެން މަސައްކަތެއް ކުރާނަމަ ކުންފުނީގެ ހުއްދަ ހޯދަންވާނެއެވެ.
  • ވަޒީފާއަށް ފުރަތަމަ ނެގޭނީ 3 (ތިނެއް) މަސް ދުވަހުގެ އިންޓަރިން މުއްދަތަކަށެވެ. ވަޒީފާ ދާއިމީ ކުރެވޭނީ މި މުއްދަތުގައި މަސައްކަތުގެ ފެންވަރަށް ބަލާފައެވެ.

 

09 މޭ 2023
ހޯދާ