ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު

ބޭނުންވާ އަދަދު

ޝަރުޠު

މަސައްކަތްކުރަންޖެހޭ ރަސްމީ ގަޑި

މުސާރަ

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް

އެސިސްޓެންޓް ޕޮލިސީ އޮފިސަރ

(08 މަސްދުވަހުގެ މުއްދަތަށް)

 

 

 

01

މަސައްކަތާ ގުޅޭދާއިރާއިން ޑިޕްލޮމާ ހާސިލު ކޮށްފައިވުން. ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ  ސަނަދު ހާސިލު ކޮށްފައިވުން. ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ކޮމިޝަންގެ ސެކްރެޓަރީގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާކްސް ލިބިފައިވުން

ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް،

 

މަހަކު -/9,550 ރުފިޔާ

  • ކޮމިޝަނުން ޢަމަލުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލައި އެކަށައެޅުމުގައި ޕޮލިސީ އޮފިސަރުގެ މަޝްވަރާގެ މަތިން ޢަމަލީގޮތުން މަސައްކަތް ކުރުން؛
  • ސަރުކާރުންނާއި އެހެނިހެން އިދާރާތަކުންނާއި ކޮމިޝަނުން އެކުލަވާލާ އިންސާނީ ޙައްޤުތަކާގުޅޭ ސިޔާސަތުތައް ދިރާސާކޮށް ޕޮލިސީ އޮފިސަރުގެ ލަފާގެ މަތިން ކުރަންޖެހޭ މަސައްކަތް ކުރުން

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ (1 އަހަރު ދުވަހުގެ މުއްދަތަށް)

 

01

މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލާރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 07 ވަނަ  ސަނަދު ހާސިލު ކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ އޮފިސަރުގެ މަޤާމުގައި މަދުވެގެން 4 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް %90 މާކްސް ލިބިފައިވުން

ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް،

-/11550

  • ހިއުމަން ރިސޯސް އާބެހޭ އެންމެހައި މަސައްކަތްތައް ޑިރެކްޓަރުގެ ލަފާގެމަތިން ރާވައި ހިންގުން،
  • މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނިޒާމު ޤާއިމުކޮށް، މިނިޒާމަށް މުވައްޒަފުން އަހުލުވެރިކުރުން އަދި މަސައްކަތްތައްކޮށް، ހަރުދަނާކޮށް، މިނިޒާމުގެ ދަށުން މުވައްޒަފުންގެ ފެންވަރު ބެލުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ޑިރެކްޓަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.

ނޯޓް: ފުރަތަމަ 3 މަސްދުވަހުގެ ޕްރޮބޭޝަނަށްފަހު، މުސާރައިގެ އިތުރުން ކޮންމެ މަހަކު ސަރވިސް އެލަވަންސްގެ ގޮތުގައި -/3500 ކަނޑައެޅިފައިވާ އުސޫލުން ލިބޭނެއެވެ. މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި: ވަޒީފާއަށް އެދި ފޮނުވާ ސިޓީ، މިކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި މި ކޮމިޝަނުގެ ވެބްސައިޓް www.hrcm.org.mv އިން ލިބެން ހުންނާނެއެވެ.) ވަނަވަރު، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

ސުންގަޑި: 2015 ޖަނަވަރީި 28 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން. (ވަޒީފާއަށް އެދި ފޮނުއްވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ, 3003173 ، 3003143 ނަންބަރުގެ ފޯނަށެވެ.

22 ރަބީޢުލްއައްވަލް 1436

18 ޖަނަވަރީ 2015
ހޯދާ