މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނަގައި ބިން ސާފުކުރުމާއި ގުޅޭ

އިޢުލާން

ރުއްގަސް ނަގައި ބިން ސާފުކުރުމާއި ގުޅޭ

ތިރީގައި ވާ ސަރަހައްދުތަކުގައި ހުރި ރުއްގަސް ބުޑުން ނަގާ، ބިންތައް ސާފުކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްފާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޢަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

  1. ގޯނބިލިގެ ހުޅަނގުން ތަރަހަ މަގުގެ އުތުރުން ހުސްކޮން އޮތް ސަރަހައްދު (ބްލޮކް 86 )

  2. ކަނބާއައިސާ ހިނގުމުގެ ހުޅަނގުން ، ސަހަރާ ގޯޅީގެ އުތުރުން ، ފްރީޑަމްގެ ދެކުނުން އޮތް ސަރަހައްދު.(ބްލޮކް 109)

  3. ފިނިރޯޅި ގޯތީގެ ހުޅަނގުން ، ވިލެޖް ގޯތީގެ ދެކުނުން، ކަނބާއައިސާ ހިނގުމުގެ އިރުން އޮތް ސަރަހައްދު. (ބްލޮކް 110)

  4. ބޮޑުތަކުރުފާނުމަގުގެ އުތުރުން ،  ހަވީރީހިނގުމުގެ އިރުމަތީ ހުސްކޮން އޮތް ސަރަހައްދު (ބޮލްކް 133)

ކުރަންޖެހޭ މަސައްކަތްތައް:

  • ރުއް ގަސް ބުޑުން ނަގާ، ބުޑު ވަކިކޮށް, ބުޑާއި ފަތްކުނި އުކާލާ، ދަރާއި ލަކުޑި ކައުންސިލުން އަންގާތަނެއްގައި ބެހެއްޓުން

    • ބިން ސާފުކޮށް ބިން ލެވަލްކޮށް (ރުއްގަސް ނެގި ވަޅުތަކަށް ފަސްއަޅާ އެއްވަރުކުރުން)

    • ކުނިއުކާލުމަށް ހަމަޖެހިފައިވާ ދުވަސް ތަކުގައި ، ކައުންސިލްގެ ބެލުމުގެ ދަށުން އުކާލުން.  

    • އަދި މީގެ އިތުރުންވެސް ބިންސާފު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބިޑް ރަޖިސްޓްރީ ކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މައުލޫމާތު ސެޝަން:

11 މެއި 2023  11:00 )އަލިފުށީ ކައުންުސިލް އިދާރާގައި (

ބިޑް ރަޖިސްޓްރީ ކުރުން:

16 މެއި 2023 14:00  ކުރިން

ބިޑް ރަޖިސްޓްރީ ލިންކު

https://forms.office.com/r/k8NxqbtcSB

 

އަންދާސީ ހިސާބު ހުށަހެޅުން:

17 މެއި 2023  11:00 އަލިފުށީ ކައުންުސިލް އިދާރާގައި

 

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

09 މޭ 2023
ހޯދާ