ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
ކުނި އުކާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސުކޫލުގެ ކުނި އުކާދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (4)DS/2014/30 ގެ އިޢުލާނާގުޅިގެން ހުށަހަޅާފައިވާބިޑުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި ސުކޫލުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.   

މިކަމަށް އެދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާތިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

        28 ރަބީޢުލްއައްވަލް 1436

                   

19 ޖަނަވަރީ 2015
ހޯދާ