ދިވެހިރާއްޖެ
ޔަމަހާ ފޯސްޓަކް 200 ހޯސްޕަވަރ އައުޓް ބޮޑް 02 އިންޖީނު ވިއްކާލުމަށް
މިއިދާރާގެ ކަފެނާ ލޯންޗުގައި ބޭނުންކުރަމުން ދިޔަ ޔަމަހާ ފޯސްޓަކް 200 ހޯސްޕަވަރ އައުޓް ބޯޑު 02 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
ވީމާ، މި 2 އިންޖީނު ގަތުމަށް ބޭނުންވާ ފަރާތްތަކުން 19 ޖަނަވަރީ 2015 ވަނަ ދުވަހުން ފެށިގެން މިއިދާރާއަށް ސިޓީއަކުން އަގު ހުށަހަޅަމުން ގެންދިއުން އެދެމެވެ. ހުށަހެޅިފައިވާ އެންމެ މަތީ އަގު މިއިދާރާގެ ނޯޓިސް ބޯޑުގައި ކޮންމެ ދުވަހެއްގެ 11:00 ގެ ފަހުން ފެންނަން ހުންނާނެއެވެ. ޖެހިޖެހިގެން ބަންދު ނޫން 03 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ފެށޭ އަގަކީ އިންޖީނަކަށް އެއްލައްކަ ރުފިޔާއެވެ. އަދި ނީލަމުގައި އިތުރު ކުރެވޭނީ އިންޖީނަކަށް މަދުވެގެން ފަހަރަކު -/1800 ރުފިޔާއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6841032، 9996805، 9991574 ފޯނާއެވެ. ފެކްސް ނަންބަރަކީ 6841001 އެވެ. އަދި އީ.މެއިލް އެޑްރެހަކީ [email protected] އެވެ. މިތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ފެށިގެން 15:00އަށް އަތޮޅު ކައުންސިލްގެ އިދާރާއަށް ވަޑައިގެންނެވުމުން ފެންނަގޮތަށް އިންތިޒާމުވަނީ ހަމަޖެހިފައެވެ.
އިންޖީނު މޮޑެލް ނަންބަުރ: 200 HP – F200AETX X1009266
އިންޖީނު މޮޑެލް ނަންބަރު: 200 HP – F200AETX X1009547
24 ރަބީޢުލްއައްވަލް 1436