މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ
ދިވެހިރާއްޖެ
މި ސެންޓަރަށް ބޭނުންވާ ރެފަރެންސް ފޮތް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި ސެންޓަރަށް ބޭނުންވާ ރެފަރެންސް ފޮތް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކުރަމެވެ.

މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2023 މޭ 08 ވާ ހޯމަ ދުވަހުން ފެށިގެން 2023 މޭ 14 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް މި ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް އީމެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

  • އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
  • ބީލަން ހުށަހަޅާ ފަރާތް ނުވަތަ ވިޔަފާރީގެ ނަން
  • ގުޅޭނެ ފޯނު ނަންބަރު
  • އީމެއިލް އެޑްރެސް
  • މެއިލް ފޮނުވާ ފަރާތުގެ ނަން

 

މި މަސައްކަތާއި ގުޅޭ "މަޢުލޫމާތު ކަރުދާސް" މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އީމެއިލް ކުރައްވާނީ 2023 މޭ 15 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އީމެއިލް އެޑްރެހަށެވެ.

ބީލަން ހުށަހެޅުން

ތަން: މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ

ގަޑި: 2023 މޭ 17 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް

ނޯޓު: ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ދުވަސް އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ  މަތީގައި ބަޔާންކޮށްފައިވާ  ގަޑީގައެވެ.

 

 

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

18 ޝައްވާލް 1444

08 މޭ 2023
ހޯދާ